ދިވެހިރާއްޖެ
އިޢުލާން
ކެޕޭސިޓީ ބިލްޑިންގ އިން ދި އެޓޯލް - ނިޔަމި ކޯސް ، ލެވެލް 2 ހިންގުމާއިގުޅޭ:
މިއިދާރާގެ ފަރާތުން މިއަންނަ ޖުލައި މަހުގެ 13-15 އަށް ނިޔަމިކަމުގެ ކޯހުގެ ލެވެލް 2 ގެ ތަމްރީން ޕްރޮގްރާމެއް ހިންގުމަށްވަނީ ހަމަޖެހިފައެވެ. މިކޯހަކީ، ކޯސް ފުރިހަމަ ކުރާ ފަރާތްތަކަށް ނިޔަމިކަމުގެ ލެވެލް 2 ގެ ސަރޓިފިކެޓް ލިބޭގޮތަށް ފަރުމާކުރެވިގެން ކުރިއަށް ގެންދާގޮތަށް ރޭވިފައިވާ ކޯހެކެވެ.
ކޯހުގައި ބައިވެރިވާން އެޕްލިކޭޝަން ހުށަހަޅާ ފަރާތްތަކުގެ އަދަދު ކަނޑައެޅިފައިވާ އަދަދަށްވުރެ އިތުރުނަމަ ބައިވެރިން ހޮވުމުގައި އިސްކަންދޭވޭނީ ރެޖިސްޓްރޭޝަން ތަރުތީބަށެވެ. މިކޯހުގެ ބައިވެރިންނަކީ ލިޔަންކިޔަން ދަންނަ އަދި ނިޔަމިކަން ކުރެވޭފަދަ ޞިއްހަތެއްގައި ހުރި މީހުކުކަމުގައި ވާންވާނެއެވެ.
މިކޯހަށް ކަނޑައެޅިފައިވާ ފީއަކީ -/1500ރ (ފަނަރަސަތޭކަ) ދިވެހި ރުފިޔާއެވެ. އަދި ކޯހަށް އެޕްލައިކުރާތާ ރަސްމީ 05 (ފަހެއް) ދުވަހުގެ ތެރޭގައި ކޯސް ފީ ނުދައްކާ ފަރާތްތައް، ކޯހުން އުނިކޮށް، އިތުރު ފަތާތްތަކަށް ފުރުޞަތު ދެވޭނެއެވެ.
ވީމާ، 02 ޖުލައި 2023 ވާ އާދިއްތަ ދުވަހުގެ 14:00 ގެ ކުރިން މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން މި އިޢުލާންގައިވާ ކިޔު.އާރ ކޯޑު މެދުވެރިކޮށް އެޕްލިކޭޝަން ފޯމު ފުރުއްވައި ހުށަހެޅުއްވުން އެދެމެވެ.