ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)297-SM/297/2023/82
ޕަބްލިޝްކުރި ތާރީޚް: 13 ޖޫން 2023
ޕަބްލިޝްކުރި ގަޑި: 13:56
ސުންގަޑި: 22 ޖޫން 2023 10:00
މިލަދުންމަޑުލު ދެކުނުބުރީ ވެލިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
1444ވަނަ އަހަރުގެ އަޟްހާ ޢީދުގައި ގާޑިޔާ، ރެސްޓޯރެންޓް ހިންގާނެ ފަރާތެއް ހޯދުމާއިގުޅޭ

  1444 ވަނަ އަހަރުގެ އަޟްހާ ޢީދާއި ގުޅިގެން 27 ޖޫން 2023 އިން 01 ޖުލައި 2023 އަށް 3 ގާޑިޔާއާއި 1 ރެސްޓޯރެންޓް ހިންގުމަށް ބިން ކުއްޔަށް ހިފާނެ ފަރާތެއް ބޭނުންވެއެވެ.

 

            ވީމާ، މިބިންތައް ކުއްޔަށް ނެގުމަށް ޝައުޤުވެރިކަން ހުރި ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ގަޑިއަށް މިއިދާރާއަށް ހާޟިރުވެ އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

 

އަންދާސީހިސާބު ހުށައެހުން

ތަން

ދުވަސް

ތާރީޚު

ގަޑި

ނ.ވެލިދޫ ކައުންސިލް އިދާރާ

ބުރާސްފަތި

22 ޖޫން 2023

10:00

 

    މިކަމަށްއެދި ފުރުޞަތު ހުޅުވާލެވިފައިވަނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަމްބަރު2014/18) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަމްބަރު 2014/19) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ. އަދި މިކަމަށް އެދި ހުށަހަޅާ ފަރާތަކީ ވެލިދޫ ކައުންސިލަށް އެއްވެސް ފައިސާއެއް ދައްކަންޖެހި ނުދައްކަވާ އޮތް ފަރާތަކަށް ވެގެންނުވާނެއެވެ.

                އަންދާސީ ހިސާބު ހުށަހެޅުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ އެކަން ބަޔާންކޮށް މިއިދާރާއަށް ސިޓީ ހުށަހަޅަންވާނެއެވެ. އަދި ގަޑިޖެހުމަށްފަހު ހުށަހަޅާ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަދަންނަވަމެވެ. މިއިޢުލާނާއި އެކު މަޢުލޫމާތު ޝީޓް ހިމެނިފައިވާނެއެވެ.

 

           މިހެންވެމިކަން ޢާންމުކޮށް އަންގައި އިޢުލާންކުރީމެވެ.

13 ޖޫން 2023