މުބާރާތް
ނަންބަރު: (IUL)420-AS/420/2023/35
ޕަބްލިޝްކުރި ތާރީޚް: 13 ޖޫން 2023
ޕަބްލިޝްކުރި ގަޑި: 13:27
ސުންގަޑި: 21 ޖޫން 2023 13:00
ހުވަދުއަތޮޅު ދެކުނުބުރީ ރަތަފަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރަތަފަންދޫ ކައުންސިލް ފުޓްސަލް މުބާރާތް 2023ގެ ނަމުގައި ފުޓްސަލް މުބާރާތެއް އިންތިޒާމުކޮށް ހިންގާނެ ފަރާތެއް ހޯދުން

އިޢުލާން 

ރަތަފަންދޫ ކައުންސިލް ފުޓްސަލް މުބާރާތް 2023ގެ ނަމުގައި ފުޓްސަލް މުބާރާތެއް އިންތިޒާމުކޮށް ހިންގާނެ ފަރާތެއް ހޯދުން

"ރަތަފަންދޫ ކައުންސިލް ފުޓްސަލް މުބާރާތް 2023ގެ" ނަމުގައި(ފިރިހެން) ފުޓްސެލް މުބާރާތެއް އިންތިޒާމުކޮށް ހިންގާނެ ފަރާތެއް ބޭނުންވެއެވެ. މި މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ 20 ޖުލައި 2023 ވާ ބުރާސްފަތި ދުވަހުއެވެ. މިއީ ރަތަފަންދޫގެ ރައްޔިތުންގެ މެދުގައި އެކުވެރިކަން ބަދަހި ކުރުމަށާއި، ފުޓްސަލް ދިރުވައި ޢާލާކޮށް ހުނަރުވެރި ފުޓްސަލް ކުޅުންތެރިން އުފެއްދުމަށާއި ސިއްޚީ ގޮތުން ދުޅަހެޔޮ މުޖުތަމައެއް ބިނާކުރުމުގެ މަޤުސަދުގައި ބާއްވާ މުބާރާތެކެވެ.

އެހެންކަމުން މި މުބާރާތް ކައުންސިލްގެ އިރުޝާދާއިއެކު ރާވައި ހިންގައިދޭނެ ރަޖިސްޓްރީ ކޮށްގެން ހިންގާ ކުލަބް، ޖަމްއިއްޔާ ޖަމާއަތްތަކުން ޕުރޮޕޯސަލް ހުށަހެޅުން 21 ޖޫން 2023 ވާ އަންގާރަ ދުވަހުގެ 13:00އަށް ހުޅުވާލެވިފައިވާ ވާހަކަ ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.    

13 ޖޫން 2023