ދިވެހިރާއްޖެ
އިޢުލާން
ނ. އަތޮޅު ކައުންސިލުންދޭ ނަމޫނާއާއި އެއްގޮތަށް އެއްގަމު ލައިސަންސް ޓްރެކް ހެދުމުގެ މަސައްކަތް.
ނ. އަތޮޅު ކައުންސިލުން ދޭ ކުރެހުމާއި، މައުލޫމާތާއި، އެއްގޮތަށް އަމިއްލަތަކެތީގައި އެއްގަމު ލައިސަންސް ޓްރެކް ހަދައިދޭނެ ފަރާތެއް ހޯދުމަށް ކުރި ނަންބަރު (IUL)228-DG/228/2023/22 (2023-06-11( އިޢުލާން ބާތިލްކޮށް އަލުން އިޢުލާންކުރީމެވެ.
ބީލަން ރަޖިސްޓްރީކުރުން
ވީމާ މިމަސައްކަތް ކޮށްދިނުމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ތާވަލާއި އެއްގޮތަށް ބީލަން ހުށަހެޅުމުގެ ކަންތައްތައް ކުރިއަށް ގެންދެވުން އެދެމެވެ. ބީލަމުގައި ރަޖިސްޓަރީ ކުރެއްވުމަށް ބޭނުންވެލައްވާ ފަރާތްތަކުން )ބިޑްރަޖިސްޓްރީކުރާ ފޯރމް) މިލިންކަށް
ވަދެ ފޯމް ފުރިހަމަ ކުރެއްވުން އެދެމެވެ. ބީލަމުގައި ރަޖިސްޓަރީވާ ފަރާތްތަކަށް އީމެއިލް ([email protected] ) މެދުވެރިކޮށް ބީލަމާއިގުޅޭ މައުލޫމާތުތައް މިއިދާރާއިން ފޯރުކޮށްދެވޭނެއެވެ. ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ނޯންނާނެ ވާހަކަ ދަންނަވަމެވެ.
ބީލަމާގުޅޭ މައުލޫމާތު:
ބީލަމުގައި ރަޖިސްޓްރީ ކުރުން : 13 ޖޫން 2023 ން 21 ޖޫން 2023 ގެ 13:00 އަށް
މައުލޫމާތު ސާފުކުރެވޭނެ އެންމެ ފަހުގެ ތާރީޚު (އީމެއިލްގެ ޒަރީއާއިން) : 22 ޖޫން 2023 ވަނަ ދުވަހުގެ 13:00 އަށް
އަންދާސީ ހިސާބު ހުށަހެޅުން: 04 ޖުލައި 2023 ވަނަ ދުވަހުގެ 13:00 ގައި މިއިދާރާއަށް ދުރުވެ.
އަންދާސީ ހިސާބު ހުށަހެޅުން
މި މަސައްކަތައް ޝައުގުވެރިވެލައްވާ ފަރާތްތަކުން ތާވަލުގައި ދެންނެވިފައިވާ ދުވަހު ދެންނެވިފައިވާ ގަޑިއަށްނ. އަތޮޅު ކައުންސިލްގެ އިދާރާއަށް ދުރުވެ އަންދާސީ ހިސާބު ހުށައެޅުއްވުން އެދެމެވެ. އަންދާސީ ހިސާބު ހުށަހެޅުމަށް ހަމަޖެހިފައިވާ ގަޑީގެ ފަހުން ހުށަހެޅޭ
އަންދާސީ ހިސާބުތަކާއި، މަޢުލޫމާތު ކަރުދާހުގައި ބަޔާންކޮށްފައިވާ ލިޔުންތައް ހުށަނާޅާ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ މައުލޫމާތަށްޓަކައި ދެންނެވީމެވެ. އަދި ކޮންމެ ވަގުތެއްގައި ވެސް އަންދާސީ ހިސާބުތައް ބާޠިލް ކުރުމުގެ ފުރިހަމަ އިޚްތިޔާރު މި ކައުންސިލްގެ އިދާރާއަށް ލިބިގެންވެއެވެ.
މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ: 6560012، 6560028 އެވެ.