ދިވެހިރާއްޖެ
ނަންބަރ: (IUL)258/258/2023/105
އިޢުލާން
ކޭބަލް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
ހަނިމާދޫ އިޖުތިމާޢީ ސަރަޙައްދުތަކާއި، މަގުތަކާއި، ގޯޅިތަކުގައި މަގުބައްތިޖެހުމަށް ބޭނުންވާ ކޭބަލް ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.
ވީމާ، މިކަމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން، 2023 ޖޫން 21 ވާ ބުދަ ދުވަހުގެ 12:00 ގެ ކުރިން އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ.
ކޭބަލްގެ ތަފްޞީލް: (1000 މީޓަރުގެ 2 ރޯލް) (6mm) 3x84/0.30ACL FIRE GUARD
މިތަކެތި ސަޕްލައި ކޮށްދެވޭނެ ފަރާތްތަކުން ހުށަހަޅާ ލިޔުމުގައި ކުންފުނީގެ ޕްރޮފައިލް އަދި ވިޔަފާރި ރަޖިސްޓްރީގެ ކޮޕީއާއި، G.S.T އަށް ރަޖިސްޓްރި ކޮށްފައިވާނަމަ ރަޖިސްޓްރީގެ ކޮޕީ އަދި ކޭބަލް ރަށާއި ހަމައަށް ފޯރުކޮށްދެވޭނެ އަގާއި މުއްދަތު ހިމަނައިގެން ލިޔުމަކުން ހުށަހެޅުއްވުއެދެމެވެ.
އިތުރު މައުލޫމާތު ސާފުކުރެއްވުމަށް 7743397، 4002064 ނަންބަރާއި ގުޅުއްވުން އެދެމެވެ.
ވީމާ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
24 ޛުލްޤާޢިދާ 1444
13 ޖޫން 2023