މަސައްކަތް
ނަންބަރު: GS43-B/2023/35
ޕަބްލިޝްކުރި ތާރީޚް: 13 ޖޫން 2023
ޕަބްލިޝްކުރި ގަޑި: 12:03
ސުންގަޑި: 19 ޖޫން 2023 13:30
ޝަރަފުއްދީން ސްކޫލް
ދިވެހިރާއްޖެ
މިސްކޫލުގެ ދަރިވަރުންނަށް ނާސްތާ ފޯރުކޮށްދޭނެ ފަރާތެއް ހޯދުން

ނަންބަރ: GS43-B/2023/35 

ބީލަން ހުށަހެޅުމުގެ ދައުވަތު

1- މި ސްކޫލްގެ ދަރިވަރުންނަށް ހެނދުނުގެ ނާސްތާ ތައްޔާރުކޮށްދިނުމުގެ މަސައްކަތަށް ބީލަން ހޯދުމަށް  ކުރެވުނު ނަމްބަރ GS43-B/2023/15 އިޢުލާނަށް އެކަށީގެންވާ ވަރަށް ބިލަން ހުށަހަޅުއްވާފައި ނުވާތީ ދެ ވަނަ ފަހަރަށް މި ބީލަމަށް ޝަރުޠުހަމަވާ ފަރާތްތަކަށް  ފުރުސަތު ހުޅުވާލަމެވެ. މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.

2- މިބީލަންތަކުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 14 ޖޫން 2023 އިން 19 ޖޫން 2023 އަށް ބަންދުނޫން ކޮންމެ ދުވަހަކު 9:30 އިން 12:30 އަށް މިސްކޫލަށް ވަޑައިގެން ނުވަތަ އީމެއިލް މެދުވެރިކޮށް ނަންނޯޓް ކުރެއްވުން އެދެމެވެ.

3- މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 20 ޖޫން 2023 ވާއަންގާރަ ދުވަހުގެ 12:30 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.

4- ބިޑް ހުޅުވުން އޮންނާނީ 22  ޖޫން  2023 ވާ ބުރާސްފަތި ދުވަހުގެ 13:30 ގައި މިސްކޫލްގެ ޖަލްސާކުރާ މާލަމުގައެވެ.

5- މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތް މިއިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.

6- އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ޝަރަފުއްދީން ސްކޫލް

ހިތަދޫ، އައްޑޫ

ފޯން: 7030-688

އީ-މެއިލް: [email protected]

13 ޖޫން 2023