މަސައްކަތް
ނަންބަރު: IS-B/2015/02
ޕަބްލިޝްކުރި ތާރީޚް: 29 ޖަނަވަރީ 2015
ޕަބްލިޝްކުރި ގަޑި: 10:01
ސުންގަޑި: 05 ފެބުރުވަރީ 2015 10:00
އިސްކަންދަރު ސްކޫލް
ދިވެހިރާއްޖެ
ކޮރިޑޯގެ މުށި ޖެހުމަށް

އަންދާސީހިސާބު ބޭނުންވެއްޖެ

މި ސްކޫލުގެ ބީބްލޮކް އިމާރާތާއި ސީ ބްލޮކް އިމާރާތުގެ އެއްވަނަ ފަންގިފިލާ ކޮރިޑޯގެ މުށި ޖެހުމަށް ބޭނުންވެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 05 ފެބުރުވަރީ 2015 ވާ ބުރާސްފަތި ދުވަހުގެ 10:00 އަށް މި ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 10 ފެބުރުވަރީ 2015 ވާ އަންގާރަ ދުވަހުގެ 10:00 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މި މަސައްކަތް ކުރުމަށް ކުރިން ކުރެވުނު މި ސްކޫލުގެ ނަންބަރު IS-B/2014/33އިޢުލާނާ ގުޅިގެން އަންދާސީހިސާބު ހުށަހެޅުއްވި ފަރާތްތަކުގެތެރެއިން ކޮންމެހެން ހުށަހަޅަންޖެހޭ ލިޔުންތައް ހުށަހަޅާފައިވަނީ ދެ ފަރާތުން ކަމަށްވާތީ، އެ އިޢުލާން ބާޠިލުކުރެވިފައިވާ ވާހަކަ ދެންނެވީމެވެ. އަދި ދެވަނަ ފަހަރަށް ކުރެވުނު މި ސްކޫލުގެ ނަންބަރު IS-B/2014/35 އިޢުލާނާ ގުޅިގެން ހުށަހަޅާފައިވާ އަގުތައް އެކަށީގެންވާ ވަނަށްވުރެ ބޮޑުކަމަށް ފެންނާތީ، އެއިޢުލާން ބާޠިލުކުރެވިފައިވާ ވާހަކަ ދެންނެވީމެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

08 ރަބީޢުލްއާޚިރު 1436

29 ޖަނަވަރީ 2015