މަސައްކަތް
ނަންބަރު: 188-FM/IUL/2015/7
ޕަބްލިޝްކުރި ތާރީޚް: 28 ޖަނަވަރީ 2015
ޕަބްލިޝްކުރި ގަޑި: 09:55
ސުންގަޑި:
11 ފެބުރުވަރީ 2015 11:00
ސިވިލް ސަރވިސް ކޮމިޝަން
ދިވެހިރާއްޖެ
ދިވެހިރާއްޖެ
އެއަރކޯންގެ އައުޓްޑޯރ ޔުނިޓްތައް ބަދަލުކުރުމަށް
އަންދާސީހިސާބު ބޭނުންވެއްޖެ
މި ކޮމިޝަނުގެ އިދާރާ ހިނގަމުންދާ ވެލާނާގޭގެ 12 ވަނަ ފަންގިފިލާގެ އުތުރު ވިންގގެ އެއަރކޯންގެ އައުޓްޑޯރ ޔުނިޓްތައް ބަދަލުކުރުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.
އިތުރު މަޢުލޫމާތު
- މިއެއަރކޯން ޔުނިޓަކީ މި ކޮމިޝަނުގެ އިދާރާ ހިނގަމުންދާ ވެލާނާގޭގެ 12 ވަނަ ފަންގިފިލާގެ އުތުރު ވިންގ ފިނިކުރުމަށް ބޭނުންކުރާ ޔުނިޓެކެވެ.
- މިހާރު ބޭނުންކުރަމުންދާVRV III Q އެއަރކޮންޑިޝަން ސިސްޓަމް ބަދަލުކުރުން.
- އައު އައުޓްޑޯރ ޔުނިޓްތައް އިންސްޓޯލްކުރަން ބޭނުންވަނީ މިހާރުވެސް ބޭނުންކުރާ އިންޑޯ ޔުނިޓްތައް ބޭނުންކުރެވޭ ގޮތަށެވެ.
- އައު އައުޓްޑޯރ ޔުނިޓް ސަޕްލައިކޮށްދޭ ފަރާތުން އިންސްޓޯލްކޮށްދިނުމާއި މިހާރު ބޭނުންކުރާ އައުޓްޑޯރ ޔުނިޓް ވެލާނާގޭގެ ގްރައުންޑް ފްލޯރގެ މެއިންޓެނަންސް އޮފީހަށް ގެނެސްދޭންވާނެއެވެ.
- އެއަރކޮންޑިޝަން ސިސްޓަމްގެ އިންސިއުލޭޝަން ބަދަލުކުރުން.
ވީމާ، މި ކަމަށް ޝައުޤުވެރިވާ ފަރާތްތަކުން، ތިރީގައި މިދަންނަވާ ދުވަސްތަކުގައި މިކޮމިޝަންގެ އިދާރާ (ވެލާނާގޭގެ 12 ވަނަ ފަންގިފިލާ) ހުންނަ މީޓިންގރޫމަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
- މަޢުލޫމާތު ސާފުކުރުން
11 ފެބުރުވަރީ 2015 ވާ ބުދަ ދުވަހުގެ 11:00 އަށް
- އަންދާސީހިސާބު ހުށަހެޅުން
16 ފެބުރުވަރީ 2015 ވާ ހޯމަ ދުވަހުގެ 11:00 އަށް
މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަވެސް މިފުރުޞަތުގައި ދަންނަވަމެވެ.
- އިތުރު މަޢުލޫމާތު ހޯއްދެވުމަށް
- ފޯން: 3307345 / 3303647
- ފެކްސް: 3303648
- އީމެއިލް: [email protected]
- ވެބްސައިޓް: www.csc.gov.mv
07 ރަބީޢުލްއާޚިރު 1436
28 ޖަނަވަރީ 2015