ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)257/257/2023/61
ޕަބްލިޝްކުރި ތާރީޚް: 13 ޖޫން 2023
ޕަބްލިޝްކުރި ގަޑި: 09:36
ސުންގަޑި: 22 ޖޫން 2023 13:00
ތިލަދުންމަތީ އުތުރުބުރީ ބާރަށު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފަޤީރުންގެ ދަފްތަރުގައި ރަޖިސްޓްރީވުމަށް ފުރުޞަތު ހުޅުވާލުން

                  ފަޤީރުންނާއި، މިސްކީނުންގެ ދަފުތަރުގައި އަތޮޅު ތެރެއިން އަލަށް ރަޖިސްޓްރީ ވުމަށް އެދޭ ފަރާތްތަކުން ފަޤީރުންނާއި، މިސްކީނުންގެ ދަފުތަރުގައި ރަޖިސްޓްރީ ވުމަށް ފޯމް ހުށަހެޅުމުގެ ފުރުޞަތު ވަނީ ހުޅުވާލެވިފައެވެ.

                    އެހެންކަމުން، 13 ޖޫން 2023 އިން 22 ޖޫން 2023 ވަނަ ދުވަހުގެ 13:00 އާއި ހަމައަށް ހުޅުވާ ލެވުނު ފުރުޞަތުގައި ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީ ވުމަށް އެދޭ  ފޯމު ދޫކުރުމާއި ބަލައިގަތުން ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު  9.00 އިން  12.00 އަށް ވަނީހަމަޖެހިފައެވެ.  ފޯމު ހުށައަޅުއްވާނީ ހުރީހާ ލިޔެކިއުންތަކާއިއެކުއެވެ. ފަޤީރުންގެ ދަފްތަރުގައި ރަޖިސްޓްރީ ވުމަށް އެދި ހުށަހަޅާ ފޯމް  13 ޖޫން 2023  އިން ފެށިގެން މި ކައުންސިލުން ލިބޭނެއެވެ.

                   ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި މިވަގުތު ރަޖިސްޓްރީވެފައިވާ ފަރާތްތަކުން މި ފުރުޞަތުގައި އަލުން ފޯމް ހުށައަޅަން ނުޖެހޭނެއެވެ. އަދި ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ޢާއިލާގައި 22 ޖޫން 2023 އަށް 18 އަހަރު  ފުރިފައިވާ ފިރިހެނުން ހިމެނޭ އާއިލާތަކާއި ނުވަތަ 65 އަހަރު ފުރޭ މީހެއް/ މީހުން ހިމެނޭނަމަ އެ ޢާއިލާއަކުން އަލުން ފޯމް ހުށައަޅަން ޖެހޭނެއެވެ.އަދި މިހާރު ރަށުގައި ދިރިނޫޅޭ ފަރާތްތަކާއި ދަފްތަރުގައި ރަޖިސްޓްރީކުރިފަހުން ކައިވެނީގެ ޙާލަތަށް ބަދަލު އައިސްފައިވާ (ކައިވެނި ނުވަތަ ވަރިވެފައިވާ) ފަރާތްތަކާއި، މިހާރު ވަޒީފާ ލިބުމުގެ ސަބަބުން ދިރިއުޅުމުގެ ޙާލަތު ބަދަލުވެފައިވާ ފަރާތްތައްވެސް އަލުން ފޯރމް ހުށައަޅަން ޖެހޭނެއެވެ.

                    މިހެންވެ މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.

13 ޖޫން 2023