ދިވެހިރާއްޖެ
2023-2024 ވަނަ ދިރާސީ އަހަރު ދަރިވަރުން ސުކޫލަށް ވެއްދުމަށް އެދޭފަރާތްތަކަށް އެފުރުޞަތު ވަނީ ހުޅުވާލެވިފައެވެ.
ވީމާ، ދަރިވަރުން ސުކޫލަށް ވެއްދުމަށް އެދިލައްވާ ފަރާތްތަކުން 20 ޖޫން 2023 ވާ އަންގާރަ ދުވަހުގެ 13:00 ގެ ކުރިން މިކަމަށްއެދޭ ފޯމް ފުރިހަމަކުރުމަށްފަހު ސުކޫލް އޮފީހަށް ހުށަހެޅުއްވުން އެދެމެވެ.
ފޯމް ދޫކުރުމާއި ބަލައިގަތުން އޮންނާނީ 13 ޖޫން 2023 ވާ ހޯމަ ދުވަހުން ފެށިގެން ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:00 ން 13:00 އަށް ސުކޫލް އޮފީހުގައެވެ.
ފައުންޑޭޝަން ސްޓޭޖުގެ އެލް.ކޭ.ޖީ ، ޔޫ.ކޭ.ޖީ އަދި ކީސްޓޭޖް 1 ގެ ގްރޭޑް 1 އަށް ދަރިވަރުން ސުކޫލަށް ވެއްދުމަށް ހަމަޖެހިފައިވާ އުމުރުފުރާ ތިރީގައި މިވަނީއެވެ.
އެލް. ކޭ. ޖީ |
2023 ވަނަ އަހަރުގެ ޖުލައި 31 އަށް 4 އަހަރު ފުރި 5 އަހަރު ނުފުރޭ ދަރިވަރުން. |
ޔޫ. ކޭ. ޖީ |
އެލް.ކޭ.ޖީ ފުރިހަމަކޮށް، 2023 ޖުލައި 31 އަށް 5 އަހަރު ފުރި 6 އަހަރު ނުފުރޭ ދަރިވަރުން. |
ގްރޭޑް 1 |
2 އަހަރުގެ ޕްރީސުކޫލް ޕްރޮގްރާމް ފުރިހަމަކޮށް، 2023 ޖުލައި 31 އަށް 6 އަހަރު ފުރި 7 އަހަރު ނުފުރޭ ދަރިވަރުން. |
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ މި ސްކޫލްގެ ނަންބަރ: 6560577 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.