މަސައްކަތް
ނަންބަރު: H/IUL/2023/168
ޕަބްލިޝްކުރި ތާރީޚް: 13 ޖޫން 2023
ޕަބްލިޝްކުރި ގަޑި: 08:08
ސުންގަޑި: 19 ޖޫން 2023 11:30
ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
މި ކުންފުނީގެ މާލެ ޕަވަރހައުސް (ގާކޮށި 3) ގައި ހުރި 2 ސައިލެންސަރާއި އެއާއި ގުޅޭ ސާމާނު އދ. މަހިބަދޫ އިންޖީނުގެއަށް ގެންގޮސްދިނުމުގެ މަސައްކަތް ކޮއްދޭނެ ފަރާތެއް ހޯދުމަށް

                                           އިޢުލާން ނަންބަރ: H/IUL/2023/168

އަންދާސީހިސާބު ހުށަހެޅުއްވުމުގެ ދަޢުވަތު

މި ކުންފުނީގެ މާލެ ޕަވަރހައުސް (ގާކޮށި 3) ގައި ހުރި 2 ސައިލެންސަރާއި އެއާއި ގުޅޭ ސާމާނު އދ. މަހިބަދޫ އިންޖީނުގެއަށް ގެންގޮސްދިނުމުގެ މަސައްކަތް ކޮއްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

މި މަސައްކަތް ކޮށްދެއްވަން އެދިވަޑައިގަންނަވާ ފަރާތްތަކުން 2023 ޖޫން 15 ވާ ބުރާސްފަތި ދުވަހުގެ 14:00 އަށް މި ކުންފުންޏަށް ވަޑައިގެން މަޢުލޫމާތު އޮޅުންފިލުއްވުން އެދެމެވެ.

މި މަސައްކަތަށް އަންދާސީހިސާބު ހުށައެޅޭނީ މަޢުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ބައިވެރިވާ ފަރާތްތަކަށާއި މިފަދަ މަސައްކަތަށް ވޭތުވެދިޔަ 03 އަހަރު ދުވަހު ތެރޭގައި ކޮއްފައިވާ ފަރާތްތަކަށް ކަމުގައި ދަންނަވަމެވެ. 

މި މަސައްކަތަށް ހުށަހެޅޭ، ޓެކްނިކަލް ގޮތުން ގަބޫލުކުރެވޭ ޕްރޮޕޯޒަލްތައް އިވެލުއޭޓް ކުރެވޭގޮތުގެ ތަފުސީލު:

އަގަށް: 80 ޕޮއިންޓް

ހުށަހެޅޭ އެންމެ ހެޔޮ އަގު / ހުށަހެޅި އަގު ×80

މުއްދަތު: 15 ޕޮއިންޓް

ހުށަހެޅޭ އެންމެ ކުރު މުއްދަތު / ހުށަހެޅި މުއްދަތު ×15

ތަޖުރިބާ: 05 ޕޮއިންޓް

މިފަދަ މަސައްކަތެއް ކޮށްފައިވާނަމަ މަސައްކަތް ކުރިކަމުގެ ލިޔުންތަކަށް ބަލާފައެވެ. 

އަންދާސީހިސާބު ހުށަހަޅުއްވަންވާނީ ތިރީގައިމިދަންނަވާ ގޮތަށް އެޑްރެސް ކޮށްފައެވެ. 

ހެޑް އޮފް ޕްރޮކިއުމަންޓް

ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް

އިޢުލާން ނަންބަރު: H/IUL/2023/168

ބިޑް ހުޅުވުން:ބިޑް ހުޅުވުމަށް ހަމަޖެހިފައިވަނީ 2023 ޖޫން 19 ވާ ހޯމަ ދުވަހުގެ 11:30 ގައި ސްޓެލްކޯ ހެޑްއޮފީހުގެ ދެވަނަ ފަންގިފިލާގެ ބައްދަލުކުރާ ކޮޓަރީގައި މި މަސައްކަތައް އަންދާސީހިސާބު ހުށަހަޅުއްވާފަރާތްތަކުގެ ހާޒިރުގައެވެ.

23 ޒުލްޤައިދަ 1444     

ނޯޓް:

  • ތަކެތި ނުވަތަ ޚިދުމަތް ހޯދާ ފަރާތާއި، ތިމާގެކަމުގެ ނުވަތަ ވިޔަފާރީގެ އެއްވެސް ގުޅުމެއް، ސްޓެލްކޯގެ ވެރިޔަކާއި އޮތްކަމުގައި ވާނަމަ އެކަމުގެ ސާފު މަޢުލޫމާތު އެނގޭނޭ ލިޔުމެއް ބީލަމާއެކު ހުށަހަޅުއްވަންވާނެއެވެ. މިފަދަ ލިޔުމެއް ނުދީ ހުއްޓާ އެކަން އެނގުން އެއީ ބީލަން ބާތިލު ކުރެވޭނެކަމެކެވެ.
  • މަޢުލޫމާތު ފުރިހަމަނޫން ބިޑްތައް ބާތިލްކުރުމުގެ ފުރިހަމަ އިޙްތިޔާރު ސްޓެލްކޯއަށް ލިބިގެންވެއެވެ. އަދި ބިޑް ކޮންމެ ވަގުތެއްގައިވެސް ބާތިލުކުރުމުގެ އިޙްތިޔާރު ސްޓެލްކޯއަށް ލިބިގެންވެއެވެ.
  • މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3338472 / 3338123 ނަންބަރު ފޯނާއެވެ. އަދި އީމެއިލް ކުރައްވާނީ [email protected] މި އެޑްރެހަށެވެ.
13 ޖޫން 2023