ވަޒީފާގެ ފުރުޞަތު
ނަންބަރު: I/IUL/2023/170
ޕަބްލިޝްކުރި ތާރީޚް: 12 ޖޫން 2023
ޕަބްލިޝްކުރި ގަޑި: 16:06
ސުންގަޑި: 15 ޖޫން 2023 15:00
ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
އެސިސްޓެންޓް އޮފިސަރ

ވަޒީފާގެ ފުރުޞަތު

މަޤާމް:

އެސިސްޓެންޓް އޮފިސަރ

ވަޒީފާގެ ދާއިރާ:

ކަސްޓަމަރ ސާރވިސަސް އެންޑް ބިލިންގ ޑިޕާޓްމަންޓް / ހުޅުމާލެ

ބޭނުންވާ ޢަދަދު:

02

މުސާރަ:  

-/8000ރ އާއި -/14،000ރ ދެމެދު (އަސާސީ މުސާރަ އަދި އެހެނިހެން އެލަވަންސް ހިމެނޭނެހެން)

ފެންވަރު ނުވަތަ ޝަރުޠު:

  • ޖީ.ސީ.އީ އޯލެވެލް އިމްތިހާނުގެ 02 މާއްދާއިން ދަށްވެގެން "ސީ" ފާސް ލިބިފައިވުމާއެކު ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިހާނުގައި "ދިވެހި" މިމާއްދާއިން ދަށްވެގެން "ސީ" ފާސް ލިބިފައިވުން.

ނުވަތަ؛

  • މަސައްކަތާއި ގުޅުން ހުރި ދާއިރާއަކުން ލެވެލް 04 ގެ ސެޓްފިކެޓެއް ޙާޞިލްކޮށްފައިވުމާއި އެކު މަސައްކަތާއި ގުޅުން ހުރި ދާއިރާއަކުން މަދުވެގެން 02 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

ދާއިރާގެ މައިގަޑު މަސައްކަތް:

  • އަލަށް ކަރަންޓް ގުޅާ ތަންތަނުގެ މަޢުލޫމާތު ބިލިންގ ޕްރޮގްރާމަށް އެންޓަރކުރުމާއި، އެކަމާއިގުޅޭ މަސައްކަތްތައް ކުރުމާއި، ރީޑިނގް ނަގަން ގެންދާ ލިސްޓްތައް ތައްޔާރުކުރުން
  • ޙަވާލުކުރެވިފައިވާ އޭރިއާތަކުގެ ބިލްތައް ތައްޔާރު ކުރުމާއިބެހޭ ހުރިހާ މަސައްކަތެއް ކުރުން އަދި ބެލެހެއްޓުން
  • ކަރަންޓު ބިލަށް އެކިގޮތްގޮތުން ގެންނަންޖެހޭ އެޖަސްޓްމަންޓްގެ ތަފްޞީލް ތައްޔާރުކުރުމާއި ބިލިންގ ޕްރޮގްރާމަށް އެންޓަރކުރުން
  • ޙަވާލުކުރެވިފައިވާ އޭރިއާތަކުގެ މަސައްކަތް ކޮށްފައިވާ ގޮތުގެ ރިޕޯޓް ކޮންމެ މަހަކު ތައްޔާރުކުރުން
  • ފިއުޒު ނެގުމުން އެތަންތަން ބިލިނގް ޕްރޮގްރާމަށް އެންޓްރީހެދުމާއި ބިލްތަކަށް ފައިސާ ދެއްކުމުން ވީހާ އަވަހަކަށް އެތަނަކަށް ކަރަންޓް ދިނުމުގެ ކަންތައް ހަމަޖެއްސުން
  • ހަމަޖެހިފައިވާ އުޞޫލުން ފިއުޒުނަގާ ދުވަސްތަކުގައި ޑިއުޓީކުރުން
  • ކަސްޓަމަރުން ގުޅާ ފޯނުކޯލުތަކަށް ޖަވާބުދާރީވުން
  • ބިލިންގ ޕްރޮގްރާމުން ނަގާ ރިޕޯޓްތައް ތައްޔާރުކުރުމާއި، އެކަމާއިގުޅޭ ކަންތައްތައް ބެލެހެއްޓުން
  • ޤަވާޢިދުން ނިއު ކޮންޒިއުމަރ ޖެނެރަލް އެންޓްރީ ކުރުން އަދި ނިއު ކޮންޒިއުމަރ ފޯމްތައް ފައިލްކޮށް ބެލެހެއްޓުން

ވަޒީފާއަށް ހުށަހެޅުމުގެ މުއްދަތުހަމަވާ ތާރީޚް:

15 ޖޫން 2023 ވަނަ ދުވަހުގެ 15:00 ގެ ކުރިން

ސުންގަޑި:

މި މަޤާމްތަކަށް އެދޭ ފަރާތްތަކުން، ވަޒީފާއަށް އެދޭ ފޯމު ފުރިހަމަކުރުމަށްފަހު، ތިރީގައިވާ ލިޔުންތަކާއެކު، [email protected] އަށް 15 ޖޫން 2023 ވަނަ ދުވަހުގެ 15:00 ގެ ކުރިން މެއިލްކޮށްދެއްވުން އެދެމެވެ.

އިންޓަވިއު:

އިންޓަވިއުކުރެވޭނީ ޝޯޓްލިސްޓްކުރެވޭ ފަރާތްތަކާއެވެ.

ހުށަހަޅަން ޖެހޭ ލިޔުން:

  1. ވަޒީފާ އަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު މިކުންފުނީގެ އިންފޮމޭޝަން ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މިކުންފުނީގެwww.stelco.com.mv ގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑުވެސް ކުރެވޭނެއެވެ.)
  2. ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ
  3. އެހެން ތަނެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އެތަނެއްގައި ވަޒީފާ އަދާކޮށްފައިވާ ކަމުގެ ލިޔުން
  4. ދިވެހި ރައްޔިތެއްކަން އަންގާދޭ ކާޑުގެ ކޮޕީ

އިތުރު މަޢުލޫމާތު:

  • މިވަޒީފާތަކަށް ހޮވޭ ފަރާތްތަކަށް އަސާސީ މުސާރައިގެ އިތުރުން ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ އާއި ވަޒީފާ އަށް ނުކުންނަ ކޮންމެ ދުވަހަކަށް ދެވޭ އެލަވަންސް ދެވޭނެއެވެ.
  • ވަޒީފާއަށް ހޮވުމުގައި ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރަށާއި މަސައްކަތުގެ ދާއިރާއިން ތަޖުރިބާ ހުރި ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
  • މިމަޤާމް އަށް ޝަރުތު ހަމަވާ ފަރާތެއް ނުލިބިއްޖެނަމަ، ވަޒީފާއަށް އެދިފައިވާ ފަރާތްތަކުގެ ތެރެއިން، އެފަރާތްތައް ހުށަހަޅާފައިވާ ލިޔެކިއުންތަކާއި، ތަޖުރިބާ އަދި އިންޓަވިއުއަށް ބެލުމަށްފަހު، އެންމެ އެކަށީގެންވާ ފަރާތްތަކަށް ވަޒީފާގެ ފުރުޞަތު ހަމަޖެއްސުމުގެ އިޚްތިޔާރު މިކުންފުންޏަށް ލިބިގެންވެއެވެ.

              23 ޛުލްޤައިދާ 1444

              12 ޖޫން    2023

12 ޖޫން 2023