ތަމްރީނު
ނަންބަރު: (IUL)475-Schol/475/2023/110
ޕަބްލިޝްކުރި ތާރީޚް: 12 ޖޫން 2023
ޕަބްލިޝްކުރި ގަޑި: 14:14
ސުންގަޑި: 20 ޖޫން 2023 00:00
މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން
ދިވެހިރާއްޖެ
Self-Finance Scheme for Foreign Students / India

Self-Finance Scheme for Foreign Students / India

    

"ސެލްފް ފައިނޭންސް ސްކީމް ފޮރ ފޮރިން ސްޓޫޑެންޓްސް" ސްކީމްގެ ދަށުން އިންޑިޔާގައި ހިންގުމަށް ހަމަޖެހިފައިވާ ތިރީގައިވާ އަންޑަރގްރެޖުއޭޓް ޕްރޮގްރާމްތަކުގައި ބައިވެރިވުމުގެ ފުރުޞަތު އޮތްކަމުގައި އެފަރާތުން ވަނީ އަންގަވާފައިވެއެވެ. މިސްކީމްގެ ދަށުން ހުރިހާ ޚަރަދުތައް ހަމަޖައްސަންޖެހޭނީ ދަރިވަރުން އަމިއްލައަށެވެ.  

 

* ބެޗްލަރސް އޮފް އިންޖިނިއަރިންގ (ބީ.އީ. / ބީ.ޓެކް)

* ބެޗްލަރސް އޮފް ފާމަސީ

* އެމްބީބީއެސް / ބީޑީއެސް

* ޑިޕްލޮމަ އިން އިންޖިނިއަރިންގ

* ޑިޕްލޮމަ އިން ފާމަސީ

 

މި ސްކީމްގެ ދަށުން ހުޅުވާލެވިފައިވާ އެކިއެކި ދާއިރާއާއި ގުޅޭ އިތުރު މަޢުލޫމާތާއި އެޕްލިކޭޝަން ފޯމް މި މިނިސްޓްރީގެ ވެބްސައިޓް www.mohe.gov.mv އަށް އަޕްލޯޑްކުރެވިފައި ވާނެއެވެ.  

 

ވީމާ، މި ކޯސްތަކުގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކުން 20 ޖޫން 2023 (އަންގާރަ) ގެ ކުރިން ރާއްޖޭގައި ހުންނަ އިންޑިޔާ ހައިކޮމިޝަންއަށް އެޕްލިކޭޝަން ފޯމާއި އެއާއިއެކު ހުށަހަޅަންޖެހޭ ލިޔުންތަކުގެ އެޓެސްޓަޑް އަސްލު ހުށަހެޅުން އެދެމެވެ. އެޕްލިކޭޝަން ހުށަހަޅާއިރު ސިޓީއުރައިގެ ބޭރުގައި ތިރީގައިވާގޮތަށް އެޑްރެސްކުރުން އެދެމެވެ. އަދި އެޕްލިކޭޝަން ފޯމާއި އެއާއިއެކު ހުށަހަޅަންޖެހޭ ލިޔުންތަކުގެ ސޮފްޓް ކޮޕީ [email protected] އަށް އީމެއިލް ކުރުންވެސް އެދެމެވެ.

 Mr. Karan Yadav

First Secretary (Political)

High Commission of India

Male’, Republic of Maldives

..............................................................................................................................................................

* މިކޯސްތަކަށް ހޮވޭ ފަރާތްތަކުން، ކޯހަށް ފުރުމުގެ ކުރިން ކޯސް ހިންގާ އިންސްޓިޓިއުޓަކީ މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ (އެމް.ކިޔު.އޭ) އިން ޤަބޫލުކުރާ އިންސްޓިޓިއުޓެއްތޯއާއި، ހޮވިފައިވާ ކޯހަކީ އެމް.ކިޔު.އޭ އިން ޤަބޫލުކުރާ ކޯހެއްތޯ ކަށަވަރު ކުރުން އެދެމެވެ.

* މީގެއިތުރުން ޕްރޮފެޝަނަލް ނުވަތަ ލައިސެންސިންގ ދާއިރާތަކުގެ ކޯސް ހެދުމަށް ހޮވޭ ފަރާތްތަކުން، ކޯހަށް ފުރުމުގެ ކުރިން ކަމާބެހޭ އިދާރާތަކުން (މިސާލު: މޯލްޑިވްސް އެލައިޑް ހެލްތް ކައުންސިލް، މޯލްޑިވްސް ނަރސިންގ އެންޑް މިޑްވައިފްރީ ކައުންސިލް، މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލް، ސިވިލް އޭވިއޭޝަން އޮތޯރިޓީ) ޤަބޫލުކުރާ މަރުކަޒެއްގައި އެ އިދާރާއަކުން ޤަބޫލުކުރާ ކޯހެއްތޯ ކަށަވަރު ކުރުން އެދެމެވެ.

12 ޖޫން 2023