Public Information
Number: (IUL)389/389/2023/20
Published Date: 12 Jun 2023
Published Time: 14:07
Deadline: 20 Jun 2023 00:00
Secretariat of the Hirilandhoo Council, Kolhumadulu
Maldives
ކެފޭ/ރެސްޓޯރަންޓް ހިންގުމަށް ތ.ހިރިލަންދޫ ހޮޓެލްރެހެންދީ އިމާރާތް ކުއްޔަށް ދިނުން

Cancelled on 12 Jun 2023 14:08


"ހޮޓެލް ރެހެނދި" ކުއްޔަށްދިނުމާގުޅޭ

ތ. ހިރިލަންދޫ ބަނދަރު ސަރަޙައްދުގައި އިމާރާތްކުރެވިފައިވާ ހޮޓެލް ރެހެނދީގެ ކެފޭ/ރެސްޓޯރަންޓް ހިންގުމަށް ޚާއްޞަކުރެވިފައިވާ ބައި 5 އަހަރުގެ މުއްދަތަށް ކުއްޔަށް ދިނުމަށް ބޭނުންވެއްޖެއެވެ.  

ވީމާ، ޝައުގުވެރިވެލައްވާ ފަރާތްތަކުން 12 ޖޫން 2023 ވާ ހޯމަ ދުވަހުން ފެށިގެން 20 ޖޫން 2023 ވާ އަންގާރަ ދުވަހުގެ މެންދުރު 12:00 ގެ ނިޔަލަށް ރަސްމީ ބަންދުނޫން ކޮންމެ ދުވަހެއްގެ ރަސްމީ ގަޑީގައި މިކައުންސިލަށް ދުރުވެ ނުވަތަ [email protected] މެއިލްއަށް، ބިޑްރަޖިސްޓަރީ ކުރުމަށް އެދޭ ފޯމު ފުރިހަމަކޮށް ހުށަހަޅައިގެން ރަޖިސްޓްރީކުރައްވައި، ބީލަން ކަރުދާސް ބައްލަވައިގަތުން އެދެމެވެ. ބީލަން ކަރުދާހުގެ އަގަކީ -/100ރ އެވެ. ރަޖިސްޓްރީވުމަށް އެދޭ ފޯމު މިއިދާރާއިންނާއި ދިވެހި ސަރުކާރުގެ ގެޒެޓުން ލިބެން ހުންނާނެއެވެ. ބީލަން ހުށަހެޅުމުގެ ފުރުޞަތު ލިބޭނީ ރަޖިސްޓްރީވެ، ބީލަން ކަރުދާސް ބައްލަވައިގަންނަވާ ފަރާތްތަކަށް އެކަންޏެވެ. މި ބީލަމާ ގުޅިގެން ބާއްވާ ޕްރީ-ބިޑް މީޓިންގ އާއި ބިޑުހުށަހެޅުމަށް ބާއްވާ ބައްދަލުވުން ހަމަޖެހިފައިވާގޮތް ތިރިގައިވާ ތާވަލުގައި އެވަނީއެވެ.

 

ތަން

ތާރީޚް

ދުވަސް

ގަޑި

ޕްރީ-ބިޑް މީޓިންގ

ތ.ހިރިލަންދޫ ކައުންސިލްގެ އިދާރާ

20 ޖޫން 2023

އަންގާރަ

13:00

ބިޑް ހުށަހެޅުން

ތ.ހިރިލަންދޫ ކައުންސިލްގެ އިދާރާ

21 ޖޫން 2023

ބުދަ

11:00

 

ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރަމެވެ.

12 Jun 2023