ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)414/414/2023/54
ޕަބްލިޝްކުރި ތާރީޚް: 12 ޖޫން 2023
ޕަބްލިޝްކުރި ގަޑި: 14:03
ސުންގަޑި: 22 ޖޫން 2023 13:00
ހުވަދުއަތޮޅު އުތުރުބުރީ ކަނޑުހުޅުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފަޤީރުންނާއި މިސްކީނުންގެ ގޮތުގައި އަލަށް ރަޖިސްޓްރީ ވުމާއިގުޅޭ.

ފަޤީރުންނާއި މިސްކީނުންގެ ގޮތުގައި އަލަށް ރަޖިސްޓްރީ ވުމާއިގުޅޭ.

          ފަޤީރުންނާއި މިސްކީނުންގެ ގޮތުގައި އަލަށް ރަޖިސްޓްރީ ވުމަށް އެދޭ ފަރާތްތަކަށް ފޯމު ހުށަހެޅުމުގެ ފުރުސަތު 12 ޖޫން 2023 ން 22 ޖޫން 2023 ވަނަ ދުވަހުގެ 13:00 ގެ ނިޔަލަށް ހުޅުވާލަމެވެ.

  1. މިއަހަރު (1444) ވަނަ އަހަރުގެ ފިޠުރު ޒަކާތުގެ ފައިސާ ލިބިފައިވާ ފަރާތްތަކުގެ ތެރެއިން ޙާލަތު ބަދަލުވުމުގެ ސަބަބުން ދަފްތަރުން އުނިވެފައިވާކަން އަންގާފައިނުވާ ފަރާތްތަކަކީ މިވަގުތު ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި ހިމެނޭ ފަރާތްތައް ކަމުގައިވާތީ، އެފަރާތްތަކުން ދަފްތަރުގައި އަލަށް ރަޖިސްޓްރީ ފޯމް ހުށަހަޅަން ނުޖެހޭނެއެވެ. ނަމަވެސް ދަފްތަރުގައި ރަޖިސްޓްރީ ވެފައިވާ ޢާއިލާތަކުގެ ތެރެއިން، ދަފްތަރުގައި ރަޖިސްޓްރީވިފަހުން 18 އަހަރު ފުރިފައިވާ ފިރިހެނުން ހިމެނޭ އާއިލާތަކާއި، 65 އަހަރު ފުރިފައިވާ މީހުން ހިމެނޭ ޢާއިލާތަކުން އަދި 22 ޖޫން 2023 އަށް 18 އަހަރު ނުވަތަ 65 އަހަރު ފުރޭ މީހެއް/ މީހުން ހިމެނޭނަމަ އެ ޢާއިލާތަކުން އަލުން ފޯމު ހުށަހަޅަން ޖެހޭނެއެވެ. އަދި މިހާރު ރަށުގައި ދިރިނޫޅޭ ފަރާތްތަކާއި، ދަފްތަރުގައި ރަޖިސްޓްރީ ކުރިފަހުން ކައިވެނީގެ ޙާލަތަށް ބަދަލު އައިސްފައިވާ (ކައިވެނު ނުވަތަ ވަރިވެފައިވާ) ފަރާތްތަކާއި، މިހާރު ވަޒީފާ ލިބުމުގެ ސަބަބުން ދިރިއުޅުގެ ހާލަތަށް ބަދަލު އައިސްފައިވާ ފަރާތްތައްވެސް އަލުން ފޯމް ހުށަހަޅަން ޖެހޭނެއެވެ.

           ވީމާ، 12 ޖޫން 2023 ން ފެށިގެން މިކައުންސިލުން ފޯމް ބަލައިގަންނަން ފަށާނެކަން އާންމުކޮށް ޢިއުލާން ކުރީމެވެ. ފޯމް ކައުންޓަރުން ލިބެން ހުންނާނެއެވެ.

 

12 ޖޫން 2023