ދިވެހިރާއްޖެ
އައިލެންޑް އޭވިއޭޝަން ސަރވިސަސް ލިމިޓެޑް
މާލެ،
ދިވެހިރާއްޖެ.
ނަންބަރު: IAS/MIS/2023/2081
ޢިއުލާން
ނީލަން ކިއުން
ވެލާނާ އިންޓަރނޭޝަނަލް އަރޕޯރޓުގައި ބޭނުންކޮށްފައިހުރި ބައު ތަކެތި ނީލަން ކިއުން, 2023 ޖޫން 15 ވާ ބުރާސްފަތި ދުވަހު 10:30ގައި ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި އޮންނާނެއެވެ. ނީލަމުގެ ތަކެތި ހަމަ އެ ދުވަހުގެ 10:15ގައި ވެލާނާއިންޓަރނޭޝަނަލް އެއަރޕޯޓަށް ވަޑައިގަތުމުން ފެންނާނެވާހަކަވެސް ދެންނެވީމެވެ.
ވީމާ، މިނީލަމުގައި ބައިވެރިވެވަޑައިގަންނަވަން ބޭނުންފުޅުވާފަރާތްތަކުން 2023 ޖޫން 15ވާ ބުރާސްފަތި ދުވަހުގެ 10:00އަށް އެއަރޕޯޓަށް ވަޑައިގަތުން އެދެމެވެ. މި ނީލަމަކީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ބާއްވާ ނީލަމަކަށްވާތީ، އެއަރޕޯޓް ފާސްހެދުމަށްޓަކައި ނީލަމުގައި ބައިވެރިވެލައްވަން ބޭނުންފުޅުވާ ފަރާތްތަކުން ދިވެހިރައްޔެތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ 14 ޖޫން 2023ވާ ބުދަދުވަހުގެ 11:00އަށް އައިލެންއޭވިއޭޝަން މައި އޮފީހަށް ގެނެސްދެއްވުން އެދެމެވެ.
23 ޛުލްޤައިދާ 1444
12 ޖޫން 2023