ވަޒީފާގެ ފުރުޞަތު
ނަންބަރު: MTCC-HR/IU/2015/18
ޕަބްލިޝްކުރި ތާރީޚް: 27 ޖަނަވަރީ 2015
ޕަބްލިޝްކުރި ގަޑި: 15:04
ސުންގަޑި: 05 ފެބުރުވަރީ 2015 15:00
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕލކ.
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

މުވައްޒަފުން ބޭނުންވެއްޖެ:

މިކުންފުނީގެ ކޮންސްޓްރަކްޝަން އެންޑް ޕްރޮޖެކްޓްސް މެނޭޖްމަންޓް ޑިޕާޓްމަންޓުގެ ތިރީގައި މިދަންނަވާ މަޤާމުތަކަށް މަސައްކަތަށް ޝައުޤުވެރިކަން ހުރުމާއެކު ހީވާގިކަމާއެކު މަސައްކަތްކުރާ ޞިއްޙަތު ރަނގަޅު ދިވެހި މުވައްޒަފުން ބޭނުންވެއެވެ.    

#

މަޤާމު

 

ޝަރުޠު

މުސާރަ

ވަޒީފާގައި ކުރަންޖެހޭ މަސައްކަތް:

1

ސުޕަވައިޒަރ

05

  •  ޑިޕްލޮމާ އިން ކޮންސްޓްރަކްޝަން މެނޭޖްމަންޓް ނުވަތަ ބިޒްނަސް އެޑްމިނިސްޓްރޭޝަން ފުރިހަމަކޮށްފައިވުމާއެކު، މި މަޤާމުގެ މަސްއޫލިއްޔަތު އުފުލުމަށް ބޭނުންވާފަދަ ދާއިރާއަކުން 2 އަހަރުގެ ތަޖުރިބާ ލިބިފައިވުން.

-/6600 ރ.

ސައިޓުގައި މަސައްކަތް ހިނގަމުންދާގޮތް ބެލެހެއްޓުމާއި މިކަންކަމުގެ ލިޔެކިޔުމާއި ރިޕޯޓް ތައްޔާރުކުރުން.

2

އެސިސްޓެންޓް ސުޕަވައިޒަރ

02

  • ކޮންސްޓްރަކްޝަނުގެ ދާއިރާގައި 1-3 އަހަރު މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވުން އަދި ޤާބިލުކަން ހުރުން.  
  • ޑިޕްލޮމާ އިން ކޮންސްޓްރަކްޝަން މެނޭޖްމަންޓް ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެ.

-/5500 ރ.

ސައިޓުގައި މަސައްކަތް ހިނގަމުންދާގޮތް ބެލެހެއްޓުމާއި މިކަންކަމުގެ ލިޔެކިޔުމާއި ރިޕޯޓް ތައްޔާރުކުރުން. އަދި މިކަންކަމުގައި ޢަމަލީގޮތުން ބައިވެރިވުން.

3

އެސިސްޓެންޓް ސައިޓް އޮފިސަރ

22

  • ޖީ.ސީ.އީ އޭ ލެވެލް ނުވަތަ ޖީ.ސީ.އީ އޯ ލެވެލް
  • މިފަދަ ދާއިރާއަކުން 1-3 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެ.

-/5500 ރ.

ސައިޓުގެ އެންމެހާ އިދާރީ މަސައްކަތްކުރުން މިކަންކަމުގެ ލިޔެކިޔުން ބެލެހެއްޓުމާއި ރިޕޯޓް ތައްޔާރުކުރުން.

4

ޑައިވަރ

01

  • އޯޕަން ވޯޓަރ ޑައިވިންގ ލައިސަންސް

-/5500 ރ.

ޑިޕާޓްމަންޓްގެ ސަރވޭ މަސައްކަތަށް ބޭނުންވާ ކަންކަން ދިރާސާކޮށް ރިޕޯޓް ތައްޔާރުކުރުން.

5

މެކޭނިކް

03

  • ޑިޕްލޮމާ/އެޑްވާންސްޑް ސެޓުފިކެޓު އިން މެކޭނިކަލް އިންޖިނިއަރިންގ.
  • މަދުވެގެން 02 އަހަރުގެ ހައިޑްރޯލިކް އިންޖީނު، ހެވީ ވެހިކަލް، ކްރޭން، އެކްސްކަވޭޓަރ ފަދަ އިންޑަސްޓްރިއަލް ވެހިކަލް މަރާމާތުކުރުމުގެ ތަޖުރިބާ ލިބިފައިވުން.
  • ކެޓަޕިލާ، ކޮބެލްކޯ، ނިސާން ޑިސަލް މަރުކާގެ މެޝިނަރީ މަރާމާތުކުރުމުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެ.

-/5500 ރ.

ޑިޕާޓްމަންޓަށް ބޭނުންވާ މެކޭނިކަލް މަރާމާތުގެ އެންމެހާ މަސައްކަތްކުރުން؛ ހަވާލުކުރެވިފައިވާ މަސައްކަތް ރޭވުމާއި އަދި ދުވަހުން ދުވަހަށް ކުރަންޖެހޭ މަސައްކަތް ނިންމުން.

 

6

ޑްރައިވަރ

07

  • CO ކެޓަގަރީގެ ލައިސަންސް ލިބިފައިވުން

-/5500 ރ.

އޮޕަރޭޝަނުން އަންގާ ގޮތުގެ މަތިން ޑަމްޕް ޓްރަކް އޮޕަރޭޓް ކުރުމާއި އުޅަނދުގެ މެއިންޓެނަންސް ކަންކަން ބެލެހެއްޓުން އަދި ޓްރާންސްޕޯޓްގެ ގަވާއިދާ އެއްގޮތަށް އޮޕަރޭޓްކުރުން.

7

އިލެކްޓްރީޝަން

02

  •  އިލެކްޓްރިޝަން ލައިސަންސްއާއެކު 2-3 އަހަރުގެ އިލެކްޓްރިކަލް ޓްރޭޑް މަސައްކުރުމުގެ ތަޖުރިބާ ލިބިފައިވުން.

-/5500 ރ.

ރަނގަޅު ފެންވަރުގައި އިލެކްޓްރިކަލް މަސައްކަތްކުރުން، ހަވާލުކުރެވިފައިވާ މަސައްކަތް ރޭވުމާއި އަދި ދުވަހުން ދުވަހަށް ކުރަންޖެހޭ މަސައްކަތް ނިންމުން.

 

8

ޕްލަމްބަރ

 

04

  • 1-3 އަހަރުގެ ޕްލަމްބިންގ މަސައްކުރުމުގެ ތަޖުރިބާ ލިބިފައިވުން.

-/4700 ރ.

ރަނގަޅު ފެންވަރުގައި ޕްލަމްބިންގ މަސައްކަތްކުރުން، ހަވާލުކުރެވިފައިވާ މަސައްކަތް ރޭވުމާއި އަދި ދުވަހުން ދުވަހަށް ކުރަންޖެހޭ މަސައްކަތް ނިންމުން.

9

ޑްރެޖް މެކޭނިކް

01

  • ޑިޕްލޮމާ/އެޑްވާންސްޑް ސެޓުފިކެޓު އިން ހައިޑްރޯލިކް އިންޖިނިއަރިންގ.
  • ހައިޑްރޯލިކް އިންޖީނު މަރާމާތުކުރުމުގެ ތަޖުރިބާ ލިބިފައިވުން.

ދެ ފަރާތް އެއްބަސްވާގޮތުގެ މަތިން.

ޑްރެޖަރުގެ މެކޭނިކަލް މަރާމާތުގެ އެންމެހާ ކަންތައް ހިންގާ، ރާވައި އަދި ދުވަހުން ދުވަހަށް މި މަސައްކަތުގެ ކަންކަން ބަލަހައްޓައި މި މަސައްކަތުގައި ޢަމަލީގޮތުން ބައިވެރިވެ ކުރުން.

 

10

ޑްރެޖް އޮޕަރޭޓަރ

01

  • ޑްރެޖް އޮޕަރޭޓް ކުރުމުގެ ތަޖުރިބާ

-/5500 ރ.

އޮޕަރޭޝަނުން އަންގާ ގޮތުގެ މަތިން ޑްރެޖަރ އޮޕަރޭޓް ކުރުމާއި އަދި ޓްރާންސްޕޯޓްގެ ގަވާއިދާ އެއްގޮތަށް އޮޕަރޭޓްކުރުން.

11

ޑްރެޖް ކްރޫ

07

  • އަސާސީ ތަޢުލީމީ ފެންވަރު
  • ފަތަންދަންނަ ކަނޑުމަތީގައި ގިނަވަގުތު މަސައްކަތުގައި އުޅެވޭ ހީވާގި މީހަކު ކަމުގައިވުން.

-/4700 ރުފިޔާ

ޑްރެޖަރ އޮޕަރޭޓް ކުރުމަށް އޮޕަރޭޓަރަށް ދޭންޖެހޭ އެހީތެރިކަން ދިނުން މީގެ އިތުރުން އޮޕަރޭޝަނަށް ބޭނުންވާ ކަންކަން ފުރިހަމަކުރުމާއި ޑްރެޖަރ ސާފުކޮށް ބެލެހެއްޓުން.

12

ލޯޑަރ އޮޕަރޭޓަރ

03

  • ލޯޑަރ އޮޕަރޭޓް ކުރުމުގެ ލައިސަންސް ލިބިފައިވުން.
  • މި މަސއްކަތުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތްކަށް އިސްކަންދެވޭނެ. 

-/5500 ރ.

އޮޕަރޭޝަނުން އަންގާ ގޮތުގެ މަތިން ލޯޑަރ އޮޕަރޭޓް ކުރުމާއި ވެހިކަލްގެ މެއިންޓެނަންސް ކަންކަން ބެލެހެއްޓުން.

13

އެކްސްކަވޭޓަރ އޮޕަރޭޓަރ

03

  • އެކްސްވޭޓަރ އޮޕަރޭޓް ކުރުމުގެ ލައިސަންސް ލިބިފައިވުން.
  • ހާރބަރ ޑްރެޖިންގ ބްރޭކް ވޯޓަރ ކޮންސްޓްރަކްޝަން ކުރުމުގެ ތަޖުރިބާ ލިބިފައިވުން.

-/5500 ރ.

އޮޕަރޭޝަނުން އަންގާ ގޮތުގެ މަތިން އެކްސްކަވޭޓަރ އޮޕަރޭޓް ކުރުމާއި ވެހިކަލްގެ މެއިންޓެނަންސް ކަންކަން ބެލެހެއްޓުން.

14

އެސިސްޓެންޓް އެކްސްކަވޭޓަރ އޮޕަރޭޓަރ

03

  • ވެހިކަލްތައް ބެލެހެއްޓުމާއި މަރާމާތުކުރުމުގެ ތަޖުރިބާ ލިބިފައިވުން 
  • މި މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތްކަށް އިސްކަންދެވޭނެ.

-/4700 ރުފިޔާ

އެކްސްކަވޭޓަރ އޮޕަރޭޓް ކުރުމަށް އޮޕަރޭޓަރަށް ދޭންޖެހޭ އެހީތެރިކަން ދިނުން އަދި ވެހިކަލްގެ މެއިންޓެނަންސް ކަންކަން ބެލެހެއްޓުމަށް އެހީތެރިވެދިނުން.  

15

ކައްކާ

05

  • ރަނގަޅު ފެންވަރެއްގައި ތަފާތު ވައްތަރުގެ ކާނާ ތައްޔާރު ކުރަން އެނގުން
  • މި މަސއްކަތުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެ. 

-/5500 ރ.

ސައިޓުގައި މަސައްކަތް ކުރަމުންދާ މުވައްޒަފުންގެ ކެއިން ބުއިން ޝެޑިއުލްއާ އެއްގޮތަށް ބެލެހެއްޓުން އަދި ބޭނުންކުރާ ތަކެއްޗާއި ތަން ސާފުތާހިރުކޮށް ބެލެހެއްޓުން.

 

16

ކައްކާ އެހީތެރިޔާ

03

  • މަސައްކަތަށް ޝައުޤުވެރިކަން ހުރުމާއެކު ހީވާގިކަމާއެކު މަސައްކަތްކުރާ ޞިއްޙަތު ރަނގަޅު މީހަކު ކަމުގައިވުން.  
  • މި މަސއްކަތުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެ.

-/4700 ރުފިޔާ

ސައިޓުގައި މަސައްކަތް ކުރަމުންދާ މުވައްޒަފުންގެ ކެއިން ބުއިން ބެލެހެއްޓުމަށް ބޭނުންވާ އެހީތެރިކަން ދިނުން އަދި ބޭނުންކުރާ ތަކެއްޗާއި ތަން ސާފުތާހިރުކޮށް ބެލެހެއްޓުން.

 

17

ހޭންޑީ ޕާރސަން (ލޭބަރ)

10

  • މަސައްކަތަށް ޝައުޤުވެރިކަން ހުރުމާއެކު ހީވާގިކަމާއެކު މަސައްކަތްކުރާ ޞިއްޙަތު ރަނގަޅު މީހަކު ކަމުގައިވުން.   
  • ކޮންސްޓްރަކްޝަން ދާއިރާގައި މަސައްކަތްކޮށްފައިވާ ފަރާތްތަކަށް އިސްކަންދެވޭނެ.

-/4700 ރުފިޔާ

ސައިޓުން އަންގާ ގޮތުގެ މަތިން ޕްރޮޖެކްޓް މަސައްކަތުގެ އެކިއެކި މަސައްކަތްކުރުން.

 

ވަޒީފާގެ ބާވަތް:              ކޮންޓްރެކްޓް – 1 އަހަރު (ކޮންޓްރެކްޓްގެ މުއްދަތު އިތުރު ކުރުމަށް ހަމަޖެހިފައިވަނީ މަސައްކަތުގެ ފެންވަރުގެ ނަތީޖާއަށް ބެލުމަށްފަހު)  

ޑިޕާޓްމަންޓް:                ކޮންސްޓްރަކްޝަން އެންޑް ޕްރޮޖެކްޓްސް މެނޭޖަމަންޓް ޑިޕާޓްމަންޓް

މަސައްކަތް ކުރަންޖެހޭ ތަން:       ކުންފުނިން ހިންގާ އެކި ޕްރޮޖެކްޓް ސައިޓްތަކުގައި.

އެހެނިހެން އެލަވަންސް/އިނާޔަތް:     އެޑިއުކޭޝަނަލް /ޓެކްނިކަލް އެލްވަންސް، އޯފް ރެސިޑެންޝަލް އެލަވަންސް، ހުރުމާއި ކެއުން، އިތުރުގަޑީގެ ފައިސާ، ރިޓަޔަރމަންޓް ޕެންޝަން ސްކީމް،

                       މެޑިކަލް އިންޝުއަރެންސް (މަޤާމުތަކަށް ކަނޑައެޅިފައިވާ)

ފިކްސްޑް އެލަވަންސް:           އަސާސީ މުސާރައިގެ %20

އެހެނިހެން:                 މި މަސއްކަތުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތްކަށް އިސްކަންދެވޭނެ. 

                       ޕްރޮޖެކްޓް ސައިޓްތަކުގައި ދިރިއުޅުއްވަމުން ގެންދަވާ ފަރާތްތަކަށް އިސްކަންދެވޭނެ.

ވީމާ، މިމަޤާމުތަކަށް އެދިވަޑައިގަންނަވާ ފަރާތްތަކުން 5ފެބުރުވަރީ 2015ވަނަ ދުވަހުގެ 15:00 ގެ ކުރިން އެމް.ޓީ.ސީ.ސީ ހެޑްއޮފީހަށް "ޖޮބް އެޕްލިކޭޝަން ފޯމު" ފުރިހަމަކުރެއްވުމަށްފަހު، ފޯމާއެކު ލިބިވަޑައިގެންފައިވާ ސެޓުފިކެޓުތަކުގެ އަސްލާ އެއްގޮތް ކޮޕީ، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ އަދި ޕާސްޕޯޓް ސައިޒުގެ ފޮޓޯއެއް ހުށަހެޅުއްވުން އެދެމެވެ. މިތަކެތި ފެކްސް އަދި އީމެއިލުންވެސް ޤަބޫލު ކުރެވޭނެއެވެ. މި ފޯމު ކުންފުނީގެ ހިއުމަން ރިސޯސަސް އެންޑް އެޑްމިނިސްޓްރޭޝަން ޑިޕާޓްމަންޓުން ލިބެން ހުންނާނެއެވެ. އަދި ކުންފުނީގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑް ކުރެވޭނެއެވެ.

ފެކްސް ނަންބަރު: 3221 332

އީމެއިލް: [email protected]

ނޯޓް:

  • ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ

    (އަސްލާ އެއްގޮތްކަން އަންގައިދޭ ތައްގަނޑު ޖަހާފައިނުވާ ސެޓުފިކެޓު ހުށަހަޅާފައިވާނަމަ، އިންޓަރވިއުއަށް ހާޒިރުވާންވާނީ ސެޓުފިކެޓުތަކުގެ އަސްލާ އެކުގައެވެ.)

  • މި މަޤާމަށް މުވައްޒަފުން ހޮވާނީ ތަޢުލީމީ ސެޓުފިކެޓުތަކާއި މަސައްކަތުގެ ތަޖުރިބާ އަދި އިންޓަރވިއުއަށް ބަލައި އެންމެ މަތިން މާކްސް ލިބޭ ފަރާތްތަކަށެވެ.
  • އިންޓަރވިއު އަށް ކިޔޭނީ ހަމައެކަނި ޝޯޓްލިސްޓު ކުރެވޭ ފަރާތްތަކަށެވެ.
  • ވަޒީފާ ހަމަޖެއްސުމުގައި ކުށުގެ ރިކޯޑަށް ބަލާނެއެވެ.

6 ރަބީޢުލްއާޚިރު 1436

27 ޖަނަވަރީ 2015