ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)259/2023/54
ޕަބްލިޝްކުރި ތާރީޚް: 12 ޖޫން 2023
ޕަބްލިޝްކުރި ގަޑި: 11:43
ސުންގަޑި: 22 ޖޫން 2023 13:00
ތިލަދުންމަތީ ދެކުނުބުރީ ފިނޭ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި އަލަށް ރަޖިސްޓްރީ ވުމަށް އެދޭ ފަރާތްތަކަށް އެފުރުޞަތު ހުޅުވާލުން

ފަޤީރުންނާއި މިސްކީނުންގެ ގޮތުގައި އަލަށް ރަޖިސްޓްރީވުމަށް އެދޭ ފަރާތްތަކަށް ފޯމު ހުށަހެޅުމުގެ ފުރުސަތު 12 ޖޫން 2023 އިން 22 ޖޫން 2023 ވަނަ ދުވަހުގެ 13:00 ގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ.

ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި މިވަގުތު ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކުން މި ފުރުޞަތުގައި އަލުން ފޯމު ހުށަހަޅާކަށް ނުޖެހޭނެއެވެ. އެހެން ނަމަވެސް ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ޢާއިލާގައި 2023 ޖޫން 22 އަށް 18 އަހަރު ނުވަތަ 65 އަހަރު ފުރޭ މީހެއް/މީހުން ހިމެނޭނަމަ އެޢާއިލާއަކުން އަލުން ފޯމު ހުށަހަޅަންޖެހޭނެއެވެ. އަދި މިހާރު ރަށުގައި ދިރިނޫޅޭ ފަރާތްތަކާއި، ދަފްތަރުގައި ރަޖިސްޓްރީ ކުރި ފަހުން ކައިވެނީގެ ޙާލަތަށް ބަދަލު އައިސްފައިވާ (ކައިވެނިކޮށްފައި ނުވަތަ ވަރިވެފައިވާ) ފަރާތްތަކާއި، މިހާރު ވަޒީފާ ލިބުމުގެ ސަބަބުން ދިރިއުޅުމުގެ ޙާލަތު ބަދަލުވެފައިވާ ފަރާތްތައްވެސް އަލުން ފޯމު ހުށަހަޅަންޖެހޭނެއެވެ.

ފަޤީރުންގެ ދަފްތަރުގައި ރަޖިސްޓްރީވުމަށް އެދޭ ފޯމު ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:30 އިން 13:00 އަށް މި ކައުންސިލް އިދާރާއިން ލިބެން ހުންނާނެއެވެ. ފަޤީރުންގެ ދަފްތަރުގައި ރަޖިސްޓްރީވުމަށް އެދޭ ފޯމު ބަލައިގަތުން ކުރިއަށްދާނީ 2023 ޖޫން 22 ވަނަ ދުވަހުގެ ނިޔަލަށް، ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:30 އިން 13:00 އަށެވެ.

ފަޤީރުންނާއި، މިސްކީނުންގެ ދަފުތަރުގައި އަލަށް ރަޖިސްޓްރީ ވުމަށް އެދޭ ފަރާތްތަކުން މަތީގައި ދަންނަވާފައިވާ ގޮތުގެމަތިން "ފަޤީރުންނާއި، މިސްކީނުންގެ ގޮތުގައި ރަޖިސްޓްރީ ވުމަށް އެދޭ ފޯމް" ފުރިހަމަ ކުރައްވައި ފޯމާއި އެކު ހުށަހަޅަން ޖެހޭ އެހެނިހެން ލިޔެކިޔުންތަކާއެކު މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ.

ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.

12 ޖޫން 2023