ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)278/278/2023/25
ޕަބްލިޝްކުރި ތާރީޚް: 12 ޖޫން 2023
ޕަބްލިޝްކުރި ގަޑި: 11:27
ސުންގަޑި:
18 ޖޫން 2023 12:00
މިލަދުންމަޑުލު އުތުރުބުރީ ނަރުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ށ.ނަރުދޫ މަސްޖިދުލް އަންވާރުގައި ވަގުތީ ގޮތުން، ބަންގިގޮވާ އިމާމުވެ ނަމާދު ކޮށްދޭނެ ފަރާތެއް ހޯދުން
މިރަށު މަސްޖިދުލް އަންވާރުގައި 19 ޖޫން 2023 އިން 12 ޖުލައި 2023 އަށް ބަންގިގޮވައި އިމާމުވެ ނަމާދު ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. މިގޮތުން ބަންގިގޮވައި އިމާމުވެ ނަމާދު ކުރެއްވުމާއި ޙަވާލުވެލައްވާ ފަރާތްތަކަށް އުޖޫރަ ދިނުމަށް ހަމަޖެހިފައިވާ ގޮތް ތިރީގައި މިދަންނަވީއެވެ.
# |
މަޤާމް |
ރޭންކް |
މަސައްކަތްކުރާގަޑިއަކަށް |
1 |
އިމާމު ސަނަދު އޮންނަ މީހަކަށް ( ނަމާދުކުރާ ވަގުތަކަށް ) |
GS3 |
-/61 ރުފިޔާ |
2 |
މުދިމު ސަނަދު ނެތްމީހަކަށް ( ނަމާދުކުރާ ވަގުތަކަށް) |
GS1 |
-/53 ރުފިޔާ |
މިކަމަށް އެދިލައްވާ ފަރާތްތަކުން 18 ޖޫން 2023 ވަނަ ދުވަހުގެ 12:00 ގެ ކުރިން މިއިދާރާއަށް ސިޓީ ހުށައެޅުއްވުމަށް ދަންނަވަމެވެ. އަދި ހުށައަޅުއްވާ ސިޓީއާއިއެކު ތިރީގައި މިދަންނަވާ ތަކެތި ހުށައަޅުއްވަން ވާނެއެވެ.
- ތަޢުލީމީ ސެޓްފިކެޓް / ސަނަދު ތަކުގެ އަސްލާއި އެއްގޮތްކަން އަންގައިދޭ ކޮޕީ.
- ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުއްފެންނަ ސާފު ކޮޕީއެއް، ނުވަތަ އައި.ޑީ ކާޑު ގެއްލިފައިވާނަމަ، އެފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓް، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
- މަސައްކަތު ތަޖުރިބާ ލިބިފައިވާނަމަ އެކަން ބަޔާންކުރާ ލިޔުން.
މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
12 ޖޫން 2023