ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)250/250/2023/28
ޕަބްލިޝްކުރި ތާރީޚް: 12 ޖޫން 2023
ޕަބްލިޝްކުރި ގަޑި: 10:43
ސުންގަޑި: 22 ޖޫން 2023 13:00
ތިލަދުންމަތީ އުތުރުބުރީ ވަށަފަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފަޤީރުންނާއި، މިސްކީނުންގެ ދަފްތަރުގައި އަލަށް ރަޖިސްޓްރީ ވުމަށް އެދޭ ފަރާތްތަކަށް ފުރުޞަތު ހުޅުވާލަމެވެ.

ފަޤީރުންނާއި، މިސްކީނުންގެ ދަފުތަރުގައި އަތޮޅު ތެރެއިން އަލަށް ރަޖިސްޓްރީ ވުމަށް އެދޭ ފަރާތް ތަކުން ފަޤީރުންނާއި، މިސްކީނުންގެ ދަފުތަރުގައި ރަޖިސްޓްރީ ވުމަށް ފޯމް ހުށަހެޅުމުގެ ފުރުޞަތު ވަނީ ހުޅުވާލެވިފައެވެ.

ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި މިވަގުތު ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކުން މި ފުރުޞަތުގައި އަލުން ފޯމު ހުށަހަޅަން ނުޖެހޭނެއެވެ. އެހެން ނަމަވެސް ދަފްތަރުގައި ރަޖިސްޓްރީ ވެފައިވާ ޢާއިލާގައި 2023 ޖޫން 22 އަށް 18 އަހަރު ނުވަތަ 65 އަހަރު ފުރޭ މީހެއް / މީހުން ހިމެނޭނަމަ އެޢާއިލާއަކުން އަލުން ފޯމު ހުށަހަޅަންޖެހޭނެއެވެ. 

މިއިދާރާއިން ފޯމު ދޫކުރުމާއި ބަލައިގަތުމަށް ހަމަޖެހިފައިވާ ގޮތުގެ ތަފްޞީލް

ފަޤީރުންނާއި،މިސްކީނުންގެ ދަފުތަރުގައި ރަޖިސްޓްރީ ވުމަށް އެދޭ ފޯމު ދޫކުރުމާއި ބަލައިގަތުން (ފޯމާއި އެކު ހުށަހަޅަންޖެހޭ އެހެނިހެން ލިޔެކިޔުން ތަކާއެކު ހުށަހެޅުން)

12 ޖޫން 2023 ން 22 ޖޫން 2023 ށް

ރަސްމީ ކޮންމެ ދުވަހެއްގެ 09:00 ން 13:00 ށް

ވީމާ، ފަޤީރުންނާއި، މިސްކީނުންގެ ދަފުތަރުގައި އަލަށް ރަޖިސްޓްރީ ވުމަށް އެދޭ ފަރާތް ތަކުން މަތީގައި ދަންނަވާފައިވާ ގޮތުގެމަތިން "ފަޤީރުންނާއި، މިސްކީނުންގެ ގޮތުގައި ރަޖިސްޓްރީ ވުމަށް އެދޭ ފޯމް" ފުރިހަމަ ކުރައްވައި ފޯމާއި އެކު ހުށަހަޅަން ޖެހޭ އެހެނިހެން ލިޔެކިޔުން ތަކާއެކު މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ.

މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

12 ޖޫން 2023