ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)420-AS/242/2023/31
ޕަބްލިޝްކުރި ތާރީޚް: 11 ޖޫން 2023
ޕަބްލިޝްކުރި ގަޑި: 10:33
ސުންގަޑި: 22 ޖޫން 2023 15:00
ހުވަދުއަތޮޅު ދެކުނުބުރީ ރަތަފަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރިޔާސީ އިންތިހާބު 2023ގައި ގދ. ރަތަފަންދޫގައި ވޯޓް ދިނުމުގެ ހައްޤު ލިބިގެންވާ މީހުންގެ ރަޖިސްޓްރީ އާންމުކުރުމާއި ޝަކުވާ ހުށައެޅުމުގެ ފުރުޞަތު ހުޅުވާލުން

އިޢުލާން 

ރިޔާސީ އިންތިހާބު 2023ގައި ގދ. ރަތަފަންދޫގައި ވޯޓް ދިނުމުގެ ހައްޤު ލިބިގެންވާ މީހުންގެ ރަޖިސްޓްރީ އާންމުކުރުމާއި ޝަކުވާ ހުށައެޅުމުގެ ފުރުޞަތު ހުޅުވާލުން

09 ސެޕްޓެމްބަރ 2023ގައި ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބުގެ ވޯޓު ދިނުމުގެ ޙައްޤު ލިބިފައިވާ ގދ. ރަތަފަންދޫ މީހުންގެ ލިސްޓް މި އިޢުލާނާއި އެކު އާއްމުކުރީމެވެ.  މިރަޖިސްޓްރީއަށް ޝަކުވާ ހުށަހެޅާނީ 2023 ޖޫން 11 އިން 2023 ޖޫން 22ގެ ނިޔަލަށް، ރަސްމީ ބަންދުނޫން ކޮންމެ ދުވަހަކު ހެނދުނު 8:30 އިން މެންދުރުފަހު 3:00 އަށެވެ. ރަސްމީ ބަންދު ދުވަސްތަކުގައި ހެނދުނު 9:00 އިން މެންދުރުފަހު 3:00 އަށެވެ. އަދި ހުކުރު ދުވަހު މެންދުރުފަހު 3:00 އިން ހަވީރު 5:00 އަށެވެ.

ޝަކުވާ ހުށަހަޅާ ފޯމް އިލެކްޝަންސް ކޮމިޝަންގެ ވެބްސައިޓުންނާއި މިކައުންސިލުން ލިބެން ހުންނާނެ ވާހަކަ ދެންނެވީމެވެ.

މިހެންވެ، މިކަން ޢާއްމުކޮށް އަންގައި އިޢުލާން ކުރީމެވެ.

11 ޖޫން 2023