ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)365-ESMS/2023/34
ޕަބްލިޝްކުރި ތާރީޚް: 12 ޖޫން 2023
ޕަބްލިޝްކުރި ގަޑި: 10:02
ސުންގަޑި: 22 ޖޫން 2023 13:00
މުލަކަތޮޅު މުލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފަޤީރުންނާއި މިސްކީނުންގެ ގޮތުގައި އަލަށް ރަޖިސްޓްރީވުމަށް އެދޭ ފޯމު ފުރުސަތު ހުޅުވާލުން

 

ފަޤީރުންނާއި މިސްކީނުންގެ ގޮތުގައި އަލަށް ރަޖިސްޓްރީވުމަށް އެދޭ ފަރާތްތަކަށް ފޯމު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލުން

            ފަޤީރުންނާއި މިސްކީނުންގެ ގޮތުގައި އަލަށް ރަޖިސްޓްރީވުމަށް އެދޭ ފަރާތްތަކަށް ފޯމު ހުށަހެޅުމުގެ ފުރުސަތު 12 ޖޫން 2023 އިން 22 ޖޫން 2023 ވަނަ ދުވަހުގެ 13:00 ގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ.

 

  • ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީ ވުމަށް އެދި ހުށަހަޅާ ފޯމް 12 ޖޫން 2023 އިން ފެށިގެން ކައުންސިލް އިދާރާއިން ލިބެން ހުންނާނެއެވެ.
  • ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީ ވުމަށް އެދި ހުށަހަޅާ ފޯމް ބަލައި ގަތުމަށް ހަމަޖެހިފައިވަނީ 12 ޖޫން 2023 އިން 22 ޖޫން 2023 ވަނަ ދުވަހުގެ 13:00 އަށް ކަމުގައި ދަންނަވަމެވެ.
  • ފޯމް ފުރިހަމަކޮށް ހުށަހަޅުއްވާއިރު ފޯމާއެކު ހުށަހެޅުމަށް ބަޔާންކޮށްފައިހުރި ލިޔުންތައް ހަމަކުރައްވައި ހުށަހެޅުއްވުމަށް ސަމާލުކަން ދެއްވުމަށް ދަންނަވަމެވެ.

            ވީމާ، މިކަން އާއްމުކޮށް އެންގުމަށްޓަކާ އިޢުލާނުކުރީމެވެ.

12 ޖޫން 2023