ދިވެހިރާއްޖެ
އިޢުލާން
މަޤާމް: އެސިސްޓެންޓް އިކޮނޮމިކް ޑިވެލޮޕްމަންޓް އޮފިސަރ |
ރޭންކް: ޖީ.އެސް 4
ކްލެސިފިކޭޝަން: އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ ގްރޭޑް 2
އޮފީސް / އިދާރާ: ނ.ވެލިދޫ ކައުންސިލްގެ އިދާރާ
ޔުނިޓް: އިކޮނޮމިކް ސޯޝަލް އެންޑް މުނިސިޕަލްސަރވިސަސް
ވަޒީފާއަދާ ކުރަންޖެހޭތަން: ނ.ވެލިދޫ ކައުންސިލްގެ އިދާރާ
މަޤާމުގެގިންތި: ވަގުތީ (މިމަޤާމަށް ހަމަޖައްސާ ވަގުތީ މުވައްޒަފް ގެންގުޅެވޭނީ 2 އަހަރު ދުވަހުގެ މުއްދަތަށެވެ.)
މަޤާމުގެ މުސާރަ: -/5020 ރުފިޔާ
ސަރވިސްއެލަވަންސް: -/1500 ރުފިޔާ
ބޭނުންވާ ޢަދަދު: 01
މަޤާމުގެ ޝަރުތުތައް:
- 1. މަޤާމުގެ މަސައްކަތާގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލްކޮށް ފައިވުން.
ނުވަތަ
- 2. މަތީސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "އީ" ގްރޭޑްލިބިފައިވުމާއެކު އޭގެ އިތުރުން ހަޔަރސެކަންޑްރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި "ދިވެހި" މިމާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން.
ނުވަތަ
- 3. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައި އޭގެއިތުރުން ސެކަންޑްރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި "ދިވެހި" މިމާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުމާއެކު އެމަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާލިބިފައިވުން.
މަޤާމްގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:
- ތަރައްޤީގެ ހަރަކާތްތަށް ހިންގުމަށް ބޭނުންވާފައިސާހޯދުމަށް ރަށުކައުންސިލުންނަގާ ލޯނުހިސާބުތައް ބެލެހެއްޓުން.
- ރަށުފެންވަރުގައި ރަށުކައުންސިލުންދޭންޖެހޭ ޚިދުމަތްތައް ފޯރުކޮށް އެކިފަރާތްތަކާ ވިޔަފާރީގެ މުޢާމަލާތުތައް ހިންގުން.
- ރަށުގައި ދެވޭ ޔުޓިލިޓީސްގެ ޚިދުމަތްތަކުގެ ރެކޯޑް ބެލެހެއްޓުން.
- ރައްޔިތުންގެ ބޭސްފިހާރަ (ދޯދާރި) ހިންގުން.(ބޭސްގެނައުމާއި އެންމެހާ ހިސާބުތައް ބެލެހެއްޓުން)
- ރަށުތަރައްޤީއަށް ހިންގޭޕްރޮގްރާމްތަށް ހިންގާނެފަރާތްތައް ހޯދާ އެފަރާތްތަކާއެކު އެގްރިމެންޓްތައްހެދުން.
- ކައުންސިލްގެނަމުގައި ބިންބިމާއި، ފަރާއި، ފަޅުހޯދުމާއި، މިފަދަތަންތަން އެހެންފަރާތްތަކަށް ކުއްޔަށްދޫކުރުމާއި އިންވެސްޓް ކުރުމާއި، އަދި މިއިންވެސްޓްމަންޓްތައް ކައުންސިލްގެނަމުގައި މިލްކްކުރުމުގެ އެންމެހާ މަސައްކަތްކުރުން.
- ކައުންސިލްބެލުމުގެދަށުގައި ހުންނަ އުފުލޭ އަދި ނުއުފުލޭމުދާ ޤަވާޢިދުތަކުގައިވާ ގޮތުގެމަތީން އެހެން ފަރާތްތަކަށް ކުއްޔަށް ދޫކުރުން.
- ދިވެހިރާއްޖޭގެ ޤާނޫނުތަކާއެއްގޮތްވާގޮތުގެމަތީން ރަށުގެފަތުރުވެރިކަމާއި، މަސްވެރިކަމާއި، ދަނޑުވެރިކަމާއި، އެހެނިހެން ސިނާޢަތްތައް ކުރިއެރުވުމަށް މަސައްކަތްކުރުން.
- ކައުންސިލްގެ ބިޒްނަސްޕްލޭން އެކުލަވާލުމުގެ މަސައްކަތްކުރުން.
- ކައުންސިލްގެ ބެލުމުގެ ދަށުގައިހުންނަ ފަޅުރަށްރަށާއި، ފަރުފަރާއި، ފަޅުފަޅާއިބެހޭ ކަންކަމާއި، އެތަންތާނގެ ރަޖިސްޓްރީ ބެލެހެއްޓުން.
- ރަށުކައުންސިލްގެނަމުގައި ހުންނަ ފަޅުރަށްރަށާ ވެހިކަލްތަކާއި، ބިންބިމާ ޢިމާރާތްތަކާއި އެފަދަތަންތަނާއި، ތަކެތި ބޭނުންކުރުމާއި، އެފަދަ ތަންތަނާއި ތަކެތީގެ އަހަރީފީދެއްކުމާއި، ކުއްޔަށްދޫކުރުމާއިބެހޭގޮތުން ހިންގަންޖެހޭ އެންމެހާ މުޢާމަލާތު ހިންގުން.
- ރަށުގައިހުރި އޮޑިދޯނިފަހަރާއި، ވެހިކަލާއި، ވިޔަފާރިކުންފުނިތަކާއި، ޖަމްޢިއްޔާތަކުގެ މަޢުލޫމާތުއެއްކޮށް ބެލެހެއްޓުން.
- ނ.ވެލިދޫކައުންސިލްގެ އިދާރާއާއި އެ އިދާރާގެ ދަށުގާހުރި އެންމެހާ ތަންތަނުގެ ސެކިއުރިޓީ ބެލެހެއްޓުމާބެހޭގޮތުން ކުރަންޖެހޭ އެންމެހާ ކަންކަންކުރުން.
- ކައުންސިލްގެ އިދާރާއިން ކުރިޔަށްގެންދާ ޚާއްސަ މަސައްކަތްތަކުގައި ބައިވެރިވުމާއި، އިދާރާގެ މަސައްކަތުގެ ދާއިރާގެ ތެރެއިން ހަވާލުކުރެވޭ އެހެނިހެން ކަންތައްކުރުން.މުސާރަހަވާލުކުރުމުގައި ޚަރަދުކުރުމަށް ނެގޭ ފައިސާގެ ލިޔެކިޔުންތައް ޤަވާޢިދާއެއްގޮތަށް ބެލެހެއްޓުމާއި ފައިސާ ހަވާލުކުރުން.
ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައްތައް:
- އިކޮނޮމިކްގެ ދާއިރާއިން/ ލިބިފައިވާ ހުނަރު / ތަޖުރިބާ
- ކޮމްޕިއުޓަރ ބޭނުންކޮށްގެން މަސައްކަތްކުރަންދަންނަ މިންވަރު
- ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ މީހަކަށްވުން
އިންޓަރވިއު އަދި ޕްރެކްޓިކަލްސް އޮންނާނެ ތަނާއި މުއްދަތު:
- މިމަޤާމަށް މީހަކުހޮވުމަށް ބާއްވާ އިންޓަވިއުކުރުން ބޭއްވުމަށް ހަމަޖެހިފައިވަނީ 2015 ފެބުރުއަރީ މަހުގެ މެދުތެރޭގެ ތާރީޚެއްގައި ވެލިދޫކައުންސިލްގެ އިދާރާގައެވެ.
މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:
މިވަޒީފާއަށް އެދިވަޑައިގަންނަވާ ފަރާތްތަކުން ސިވިލްސަރވިސްގެ ވަޒީފާއަށްއެދޭ ފޯމް ފުރިހަމަކުރެއްވުމަށްފަހު ފޯމާއިއެކު ހުށަހަޅަންޖެހޭ ލިޔުންތަކާއެކު 08 ފެބުރުއަރީ 2015 ވާ އާދިއްތަ ދުވަހުގެ މެންދުރުފަހު 15:00 ގެ ކުރިން ވެލިދޫ ކައުންސިލްގެ އިދާރާއަށް ހުށަހެޅުއްވުންއެދެމެވެ.
އުޖޫރައާއި އިނާޔަތްތައް:
ކައުންސިލް އިދާރާއިން ހަމަޖައްސާފާއޮންނަ އުޞޫލާއެއްގޮތްވާގޮތުގެ މަތިން އިތުރުގަޑީގެ ފައިސާ ސިވިލްސަރވިސް ކޮމިޝަނުން ކަނޑައަޅާފައިވާ އެލަވެންސްއާއި އިނާޔަތް ދެވޭނެއެވެ.
ހުށަހަޅަންޖެހޭ ލިޔުންތައް:
- ފުރިހަމަކޮށްފައިވާ އެޕްލިކޭޝަންފޯމް (އެޕްލިކޭޝަން ފޯމް ރަސްމީގަޑީގައި މިއިދާރާގެ ކައުންޓަރުން ލިބެންހުންނާނެއެވެ. އަދި ސިވިލްސަރވިސް ކޮމިޝަންގެ ވެބްސައިޓް www.csc.gov.mvއިންވެސް ޑައުންލޯޑް ކުރެވޭނެއެވެ.)
- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާއިމެދު އިއުތިރާޒެއް ނެތްކަމަށް، އެމުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިއުމެއް.
- ވަޒީފާއަށް އެދޭ ފަރާތަށްލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓް ނުވަތަ ކޯސްފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭސެޓްފިކެޓް ވަކިފެންވަރެއްގައި އެކްރެޑިޓްކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެކޮޕީ) އަދި މަސައްކަތު ތަޖުރިބާ ދެނެގަތުމަށް މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް
- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނޭ ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީ ، ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ).
އިތުރު މަޢުލޫމާތު:
އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ މިއިދާރާގެ 6560010 ނަމްބަރު ފޯނާއެވެ. ފެކްސް ނަންބަރަކީ 6560030 އެވެ. މެއިލް ކުރައްވާނީ [email protected] އަށެވެ.
07 ރަބީޢުލްއާޚިރު 1436
28 ޖަނަވަރީ 2015