ދިވެހިރާއްޖެ
ތިލަދުންމަތީ ދެކުނުބުރީ ފިނޭ ކައުންސިލް އިން އިންތިޒާމްކޮށްގެން ބޭއްވުމަށް ހަމަޖެހިފައިވާ ފިނޭ ކައުންސިލް ފިރިހެނުންގެ ފުޓްސަލް މުބާރާތް 2023 އަދި ފިނޭ ކައުންސިލް އަންހެނުންގެ ވޮލީ މުބާރާތް 2023 ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލަމެވެ. މި މުބާރާތްތަކުގެ މައިގަނޑު މަޤްސަދަކީ ޒަމާނުއްސުރެން ރައްޔިތުންގެ މެދުގައި އޮންނަ ސަގާފަތް ދިރުވާ އާލާކުރުމާއި، ރައްޔިތުންގެ މެދުގައި އެކުވެރިކަން ބަދަހިކުރުމެވެ. އަދި ފިނޭ ރައްޔިތުންގެ ހިތްތަކުގައި ކުޅިވަރަށް އޮންނަ ޝައުގުވެރިކަން އިތުރުކުރުމާއި ދުޅަހެޔޮ ސިއްހަތެއްގައި ތިބުމަށް މަގުފަހިކުރުމެވެ.
މި މުބާރާތްތަކުގައި ބައިވެރިވުމަށްޝައުގުވެރިވެލައްވާ ޓީމްތަކުން، 21 ޖޫން 2023 ވާ ބުދަ ދުވަހުގެ 13:00 ގެ ކުރިން ތިރީގައިވާ ގޫގުލް ފޯމް ލިންކްތައް މެދުވެރިކޮށް ރަޖިސްޓްރީކުރެއްވުން އެދެމެވެ. އަދި، މުބާރާތްތަކުގައި ބައިވެރިވުމަށް ރަޖިސްޓްރީކުރައްވާ ޓީމްތަކުން 3 ޖުލައި 2023 ވާ ހޯމަ ދުވަހުގެ 13:00 ގެ ކުރިން ޓީމް ލިސްޓް ފިނޭ ކައުންސިލްގެ އިދާރާއަށް ހުށަހެޅުއްވުމަށް ދެންނެވީމެވެ.
މުބާރާތްތަކުގެ ގަވާއިދު އަދި މުބާރާތުގައި ބައިވެރިވާ ޓީމްގެ "ޓީމް ލިސްޓް ހުށަހަޅާ ފޯމު" މި އިއުލާނާއެކު އެއްކަރުދާސްކުރެވިފައިވާނެއެވެ. އަދި މި މުބާރާތާ ގުޅޭ ގޮތުން އިތުރު މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވާނަމަ 6520027 ނަންބަރަށް ގުޅުއްވުންއެދެމެވެ.ނުވަތަ[email protected] އަށް މެއިލް ކުރެއްވުން އެދެމެވެ.
- ގޫގްލް ފޯމް ލިންކް (ޓީމް ރެޖިސްޓްރީކުރުން ފުޓްސަލް): https://forms.gle/CV4StszUBMY51nUw7
- ގޫގްލް ފޯމް ލިންކް (ޓީމް ރެޖިސްޓްރީ ވޮލީބޯލް): https://forms.gle/ixVtnWYVJumfqf8w7
ވީމާ، މިކަން އާއްމުކޮށް އަންގާ އިއުލާންކުރީމެވެ.