ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)RDC-HRM-RDC-2023-157
ޕަބްލިޝްކުރި ތާރީޚް: 11 ޖޫން 2023
ޕަބްލިޝްކުރި ގަޑި: 15:19
ސުންގަޑި: 18 ޖޫން 2023 12:00
ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުސަތު (އެސިސްޓެންޓް ސޭލްސް އޮފިސަރ)

މި ކޯޕަރޭޝަންގެނަންބަރު  (IUL)RDC-HRM-RDC-2023-146 އިޢުލާނުގެ ތިރީގައިމިވާ މަޤާމަށް އެކަށީގެންވާ ތަރުޙީބެއް ލިބިފައިނުވާތީ އެ މަޤާމަށް އަލުން އިޢުލާން ކުރަމެވެ.

މަޤާމް:

 އެސިސްޓެންޓް ސޭލްސް އޮފިސަރ

ބޭނުންވާ ޢަދަދު:

 01 (އެކެއް)

މަޤާމުގެ ގިންތި:

 ކޮންޓްރެކްޓް

ކްލެސިފިކޭޝަން / ރޭންކް:

 އެސިސްޓެންޓް އޮފިސަރ - ގްރޭޑް 01

އަސާސީ މުސާރަ:

 މަހަކު 4000.00 ރުފިޔާ

އެހެނިހެން ޢިނާޔަތްތައް:

- ސާރވިސް އެލަވަންސް : އަސާސީ މުސާރައިގެ %30

- އެޓެންޑެންސް އެލަވަންސް: އަސާސީ މުސާރައިގެ %30

- އެހެނިހެން އެލަވަންސް: 1600.00 ރުފިޔާ

 އިތުރުގަޑީގައި މަސައްކަތްކުރާ ދުވަސްތަކަށް ކަނޑައެޅިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

ވަޒީފާ އަދާކުރަންޖެހޭ ތަން:

 ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ ހެޑްއޮފީހުގައެވެ.  ނަމަވެސް ވަޒީފާގެ މަސްޢޫލިއްޔަތާއި ޒިންމާ އަދާކުރުމުގެ ގޮތުން މަސައްކަތްކުރާ ތަން ބަދަލުވެދާނެއެވެ.

ފެންވަރު ނުވަތަ ޝަރުތު:

- ޖީ.ސީ.އީ އޯލެވެލް ނިންމާފައިވުން. ނުވަތަ،

- މަސައްކަތާއި ގުޅުން ހުރި ދާއިރާއަކުން ސެޓްފިކެޓް 02 ގެ ސަނަދެއް ޙާސިލުކޮށްފައިވުމާއިއެކު މަސައްކަތާއި ގުޅޭ ދާއިރާއަކުން މަދުވެގެން 01 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

ވަޒިފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

- ކޯޓޭޝަން ތައްޔާރު ކުރުމާއި ކަސްޓަމަރުންނަށް ޝެއަރ ކުރުމާއި ޑޮކިއުމެންޓް ކޮއް ބެލެހެއްޓުން

- އިންވޮއިސް ތައްޔާރު ކުރުމާއި ކަސްޓަމަރުންނަށް ޝެއަރ ކުރުމާއި ޑޮކިއުމެންޓް ކޮއް ބެލެހެއްޓުން

- ސޭލްސް ރިސީޕްޓް، ސޭލްސް އޯޑަރ، ޑެލިވަރީ ނޯޓް ތައްޔާރުކުރުން.

- ޑެލިވެރީގެ ޕްރޮސެސް ލޮޖިސްޓިކް ޑިޕާރޓްމަންޓްއާއި ކޯޑިނޭޓް ކޮއްގެން ވާނުވާ ބެލުން

- ކަސްޓަމަރުންގެ ކޯލްތަކަށް ޖަވާބުދިނުމާއި ފޯނުން ސޭލްސްގެ މުއާމަލާތްތައްކުރުން.

- ކަސްޓަމަރުންނާއި ރަންގަޅު ގުޅުމެއް ދެމެހެއްޓުން.

- ސްޓޮކްގެ ކުއަންޓިޓީ ގެ އަޕްޑޭޓް ބެލުން

- މަންތްލީ ރިޕޯޓް އަދި ވީކްލީ ރިޕޯޓްތައް ތައްޔާރުކުރުން.

- ސޭލްސް ޕްރޮސެސް ކުރިޔަށްދާގޮތް ބެލުމާއި ޖެހޭމައްސަލަތައް ޓީމާއި ގުޅިގެން ހައްލުކުރުކުރުން.

- ޑިޕާޓްމެންޓްގެ އެކްޓިވިޓީތަށް ހިންގުމުގެ މަސައްކަތްތައްކުރުން.

- ޑެޑްލައިންތައް ހަމަކުރުމާއި ގިނަ ޕްރޮޖެކްޓްތައް މެނޭޖްކުރުމުގެ ޤާބިލުކަން

- ތަފްޞީލަށް ފުރިހަމަ ސަމާލުކަމެއް ދިނުން

ސުންގަޑި:

- މިވަޒީފާތަކަށް އެދޭ ފަރާތްތަކުން، އެޕްލިކޭޝަން ފޯމް ފުރިހަމަކުރުމަށްފަހު، 18 ޖޫން 2023 ވާ އާދީއްތަ ދުވަހުގެ 12:00 ގެ ކުރިން، މިކޯޕަރޭޝަނުގެ ހެޑް އޮފީހަށް ނުވަތަ މިކޯޕަރޭޝަންގެ ހިއުމަން ރިސޯސް ޑިޕާޓްމަންޓުގެ އީ މެއިލް[email protected]  އަށް ފޮނުއްވުން އެދެމެވެ.

- ވަޒީފާއަށް އެދޭ ފޯމު މިކޯޕަރޭޝަނުގެ ވެބްސައިޓް  www.rdc.com.mv  އިން ޑައުންލޯޑް ކުރެވޭނެއެވެ. އަދި މިކޯޕަރޭޝަންގެ ހެޑް އޮފީހުގެ (އޯކިޑް މަގު، އެމްއެސްއެލް ބިލްޑިންގ ގެ ފުރަތަމަ ފަންގިފިލާ / މާލެ) ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި އިޢުލާނާއެކު ވަޒީފާ ފޯމް އެޓޭޗް ކުރެވިފައިވާނެއެވެ. އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ އެކަނޑައަޅާ ދުވަހުގެ ޢަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް: 

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު.
  2. ތަޢުލީމީ ނުވަތަ އެ މަޤާމަކާއި ގުޅޭ ލިޔުން ހުށަހަޅަން ޖެހޭ މަޤާމުތަކުގެ ލިޔުންތައް.
  3. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ  (މުއްދަތު ހަމަނުވާ)
  4. ވަޒީފާއެއް އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، ވަޒީފާގެ މުއްދަތު އަދި ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ލިޔުމެއް.
  5. ދޫކުރިފަހުން ތިން މަސްދުވަސް ހަމަނުވާ ޕޮލިސް ރިފޯޓް.

އިންޓަވިއު:

 މި މަޤާމުތަކަށް މީހުން ހޮވުމަށް ކުރެވޭ އިންޓަވިއު އޮންނާނީ ޖޫން މަހުގެ ތާރީޚެއްގައެވެ.

އިތުރު މަޢުލޫމާތު: 

 އިތުރު މަޢުލޫމާތު ސާފުކުރުމަށް ބޭނުންވާނަމަ މިކުންފުނީގެ 3339060 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.

                  22 ޛުލްޤަޢިދާ 1444
11 ޖޫން 2023