ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)272-ESMS/272/2023/49
ޕަބްލިޝްކުރި ތާރީޚް: 11 ޖޫން 2023
ޕަބްލިޝްކުރި ގަޑި: 14:22
ސުންގަޑި: 18 ޖޫން 2023 13:00
މިލަދުންމަޑުލު އުތުރުބުރީ ނޫމަރާ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބޮޑެތި މީހުންނަށް ކިޔަވައިދޭ ކުލާސްތަކުގެ ގައި ބައިވެރިވުމަށް ހުޅުވާލުން

މިކައުންސިލުން ބޮޑެތި މީހުންނަށް އަމާޒުކޮށްގެން (ޤުރުޢާން، އިނގިރޭސި، ހިސާބު) ކުލާސްތަކެއް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައިއެވެ. ކުލާސްތަކުގައި ބައިވެރިވެވޭނީ ބައިވެރިވާ ކޮންމެ މާއްދާއަކަށް -/50 ރުފިޔާގެ ފީ އެއް ދައްކައިގެންނެވެ.

މި ކުލާސްތަކުގައި ބައިވެރިވުމަށް ޝަޢުޤުވެރިވާ 18 އަހަރުންމަތީގެ ފަރާތްތަކުން 18 ޖުލައި 2023 ވާ އަންގާރާ ދުވަހުގެ 13:00 ގެ ކުރިން، ބައިވެރިވުމަށް އެދޭ ފޯމް ފުރުއްވުމަށްފަހު ކައުންސިލަށް ހުށަހެޅުއްވުން އެދެމެވެ. ބައިވެރިވުމަށް އެދޭ ފޯމް ކައުންސިލުން ލިބެން ހުރިވާހަކަ ދަންނަވަމެވެ.

ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

11 ޖޫން 2023