ކުއްޔަށް ދިނުން
ނަންބަރު: IL-KPL/2023/012
ޕަބްލިޝްކުރި ތާރީޚް: 11 ޖޫން 2023
ޕަބްލިޝްކުރި ގަޑި: 14:03
ސުންގަޑި: 18 ޖޫން 2023 13:00
ކުޅުދުއްފުށީ ޕޯޓް ޕްރައިވެޓް ލިމިޓެޑް
ދިވެހިރާއްޖެ
ކުޅުދުއްފުށީ ސަރަހައްދީ ބަނދަރުގައި ހަދާފައިވާ ގެސްޓްހައުސް ކުއްޔަށް ދިނުމާއި ބެހޭ.

ކުޅުދުއްފުށީ ސަރަހައްދީ ބަނދަރުގައި ހަދާފައިވާ ގެސްޓްހައުސް ކުއްޔަށް ދިނުމަށް ނިންމާފައިވާތީ މިކަމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުގެ ތެރެއިން ، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ވިޔަފާރީގެ އުޞޫލުން ރަޖިސްޓްރީ ވެފައިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

ބިޑްގައި ރަޖިސްޓްރީ ކުރުން.

މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 11 ޖޫން 2023 ވާ އާދިއްތަ ދުވަހުން ފެށިގެން 18 ޖޫން 2023 ވާ އާދިއްތަ ދުވަހުގެ 13:00 ގެ ނިޔަލަށް ތިރީގައިވާ ލިންކް މެދުވެރިކޮށް، ރަޖިސްޓްރީވުމަށް އެދޭ ފޯމު ފުރިހަމަކުރެއްވުން އެދެމެވެ. އަދި ބިޑްގައި ރަޖިސްޓްރީ ވާ ފަރާތްތަކަށް ބީލަންފޮތް އީމެއިލް މެދުވެރިކޮށް ހިއްސާކުރެވޭނެ ވާހަކަ ދެންނެވީމެވެ. ބިޑްގައި ރަޖިސްޓްރީވެލައްވާ ފަރާތްތަކަށް ބާއްވާ ޕްރީބިޑް ބައްދަލުވުން އޮންނާނީ 20 ޖޫން 2023 ވާ އަންގާރަ ދުވަހުގެ 13:30 ގައި ކުޅުދުއްފުށީ ސަރަޙައްދީ ބަނދަރުގައެވެ.

ބިޑްގައި ރަޖިސްޓަރީވުމަށް: https://shorturl.at/fqzOU

އަންދާސީ ހިސާބު ހުށަހެޅުއްވޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ވިޔަފާރީގެ އުޞޫލުން ރަޖިސްޓްރީ ވެފައިވާ ފަރާތްތަކަށް އެކަނި ކަމުގައި ދަންނަވަމެވެ. އަދި މިލިންކް މެދުވެރިކޮށް ބިޑްގައި ރަޖިސްޓްރީ ނުވާ ފަރާތްތަކަށާއި، ކަނޑައެޅިފައިވާ ގަޑީގެ ފަހުން އަންދާސީ ހިސާބުތައް ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެ ވާހަކަ ދެންނެވީމެވެ.

ބިޑް ހުޅުވުން

- ބިޑް ހުޅުވުމަށް ހަމަޖެހިފައިވަނީ 22 ޖޫން 2023 ވާ ބުރާސްފަތި ދުވަހުގެ 13:30 ގައި ކުޅުދުއްފުށީ ސަރަޙައްދީ ބަނދަރުގެ ކޮންފަރެންސް ހޯލުގައި މިކަމަށް އެދި އަންދާސީ ހިސާބު ހުށައަޅުއްވާ ފަރާތްތަކުގެ ހާޒިރުގައެވެ.

މަޢުލޫމާތުތައް ފުރިހަމަނުވާ އަންދާސީ ހިސާބުތަށް ބާޠިލްކުރުމުގެ ފުރިހަމަ އިޚްތިޔާރާއި ބާރު ކުޅުދުއްފުށީ ސަރަހައްދީ ބަނދަރަށް ލިބިގެން ވެއެވެ.

11 ޖޫން 2023