ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)416-ESMSPR/416/2023/66
ޕަބްލިޝްކުރި ތާރީޚް: 11 ޖޫން 2023
ޕަބްލިޝްކުރި ގަޑި: 13:11
ސުންގަޑި: 21 ޖޫން 2023 13:55
ހުވަދުއަތޮޅު ދެކުނުބުރީ މަޑަވެލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރުއްތަކުގެ ވެރިފަރާތް ހޯދުމާއި ބެހޭ

'މަޑަވެލި ސަހަރާ' ގެ އިރުދެކުނު ފަރާތުގައި، 1 ން 15 އަށް ނަމްބަރު ޖަހާފައިހުރި ރުއްތަކުގެ ވެރިފަރާތް، ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ، މިރުއްތަކުގެ ވެރިފަރާތްތަކުން، 21 ޖޫން 2023 ވަނަ ދުވަހުގެ މެންދުރު 13:55 ގެ ކުރިން ރުކުގައި ޖަހާފައިވާ ނަންބަރާއެކު، ރުކުގެ ވެރިފަރާތްކަން ބަޔާންކޮށް، މިކައުންސިލަށް ލިޔުމަކުން ހުށަހެޅުމަށް ދަންނަވަމެވެ.

ދެންނެވިފައިވާ މުއްދަތު ހަމަވާއިރު، ރުކުގެ ވެރިފަރާތް ކަމަށް އެއްވެސް ފަރާތަކުން މަޑަވެލި ކައުންސިލަށް ހުށަހަޅާފައިނުވާ ރުއްތަކަކީ، އެއްވެސް ފަރާތެއްގެ ރުއްތަކެއް ނޫންކަމަށް ބަލައި ރުއްތައް ނަގައި ނައްތާލެވޭނެކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

11 ޖޫން 2023