ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)101-AF/1/2015/12
ޕަބްލިޝްކުރި ތާރީޚް: 27 ޖަނަވަރީ 2015
ޕަބްލިޝްކުރި ގަޑި: 17:45
މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
ދިވެހިރާއްޖޭގައި ރަޖިސްޓަރީ ކޮށްގެން ހިންގާ ފިހާރަ، ސައިހޮޓާ، ކެފޭ، ކެންޓީން އަދި ރެސްޓޯރަންޓް ފަދަ ތަންތަނުގައި ކޭޝިއަރުންގެ ގޮތުގައި މަސައްކަތްކުރާ ފަރާތްތަކަށް ތަމްރީން ޕްރޮގްރާމް ހިންގުން

އިޢުލާން

ދިވެހިރާއްޖޭގައި ރަޖިސްޓަރީ ކޮށްގެން ހިންގާ ފިހާރަ، ސައިހޮޓާ، ކެފޭ، ކެންޓީން އަދި ރެސްޓޯރަންޓް ފަދަ ތަންތަނުގައި ކޭޝިއަރުންގެ ގޮތުގައި މަސައްކަތްކުރާ ފަރާތްތަކަށް ތަމްރީން ޕްރޮގްރާމް ހިންގުން

ދިވެހިރާއްޖޭގައި ރަޖިސްޓަރީ ކޮށްގެން ހިންގާ ފިހާރަ، ސައިހޮޓާ، ކެފޭ، ކެންޓީން އަދި ރެސްޓޯރަންޓް ފަދަ ތަންތަނުގެ ކައުންޓަރުތަކުގައި ކޭޝިއަރ، ސޭޓު ނުވަތަ ކައުންޓަރުގައި މަސައްކަތްކުރާ ފަރާތުގެ ގޮތުގައި، ބިދޭސީން މަސައްކަތް ކުރުމަކީ، 1 އޭޕްރީލް 2015 އިން ފެށިގެން މަނާ ކަމެއް ކަމުގައި ސަރުކާރުން ވަނީ ހަމަޖައްސަވާފައެވެ. އެހެންކަމުން، މި ވަޒީފާ ދިވެހިންނަށް ޚާއްޞަކުރުމަށް ސަރުކާރުން ނިންމެވުމާއި ގުޅިގެން، މިދާއިރާގައި މަސައްކަތްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް، ވަޒީފާގެ ފުރުޞަތުތައް ހޯދައިދިނުމަށް އެހީތެރިވެދިނުމުގެ ގޮތުން، މި މިނިސްޓްރީން މިވަނީ، ތަމްރީނު ޕްރޮގްރާމެއް ކުރިއަށް ގެންދިއުމަށް ނިންމާފައެވެ.

މި ތަމްރީން ޕްރޮގްރާމްގައި، 18 އަހަރުން މަތީގެ، ލިޔަން ކިޔަން ދަންނަ ކޮންމެ ދިވެހި ރައްޔިތަކަށްވެސް ބައިވެރިވެވޭނެއެވެ. މި ޕްރޮގްރާމް ކުރިއަށް ގެންދެވޭނީ ދިވެހިބަހުންނެވެ. މި ޕްރޮގްރާމްގައި، ކޮމިއުނިކޭޝަން ސްކިލްސް، ކަސްޓަމަރ ކެއާރ، ރިކޯޑު ބެލެހެއްޓުން، ކުދި ވިޔަފާރިތަކުން ޢަމަލު ކުރަންޖެހޭ ވިޔަފާރިއާ ގުޅޭ ޤާނޫނުތަކާއި ގަވާއިދުތަކުގެ މަޢުލޫމާތު، މާކެޓިންގ، ސޭލްސް ޕާރސަންއެއްގެ ޒިންމާތަކާއި ވާޖިބުތައް، އަދި ފައިސާ ބަލައިގަތުމުގެ ގޮތްތަކާ ބެހޭގޮތުން ކިޔަވައި ދެވޭނެއެވެ.

މިހެންކަމުން، މި ތަމްރީން ޕްރޮގްރާމްގައި ބައިވެރިވެ ލެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކަށް، މިމިނިސްޓްރީގައި ރަޖިސްޓަރީ ކުރުމުގެ ފުރުޞަތު މިއަދުން ފެށިގެން، 15 ފެބުރުވަރީ 2014 ގެ ނިޔަލަށް، ހުޅުވާލަމެވެ. ތަމްރީން ޕްރޮގްރާމްގައި ބައިވެރިވުމަށް އެދޭ ފޯމު ފުރިހަމަ ކުރެއްވުމަށްފަހު، މިނިސްޓްރީއަށް ހުށަހެޅުއްވުން އެދެމެވެ. ނުވަތަ [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ. ތަމްރީން ޕްރޮގްރާމުގައި ބައިވެރިވުމަށް އެދޭ ފޯމު މިނިސްޓްރީގެ ވެބްސައިޓް www.trade.gov.mv އިން ޑައުންލޯޑްކުރެވޭނެއެވެ. މި ތަމްރީން ޕްރޮގްރާމާއި ބެހޭގޮތުން އިތުރު މަޢުލޫމާތު ބޭނުންފުޅުނަމަ 3333142 އަށް ގުޅުއްވުން އެދެމެވެ.

‏07‏ ރަބީޢުލްއާޚިރު 1436

27 ޖަނަވަރީ 2015