ދެންނެވުން
ނަންބަރު: 2023/9
ޕަބްލިޝްކުރި ތާރީޚް: 11 ޖޫން 2023
ޕަބްލިޝްކުރި ގަޑި: 09:33
ސިވިލް ސަރވިސް ކޮމިޝަން
ދިވެހިރާއްޖެ
ސިވިލް ސަރވިސްގެ މުވައްޒަފުން އެކިއެކި ކަންކަމަށް ވީއްލާ މުއްދަތު ސީ.އެސް.ވިއުގައަށް އަދާހަމަކުރުން

އެކިއެކި ޙާލަތްތަކާއި ގުޅިގެން ސިވިލް ސަރވިސްގެ މުވައްޒަފަކު ޙިދުމަތުން ދުރުވާ ޙާލަތުގައި އާއި އެކިކަންކަމަށް ވީއްލާ ޙާލަތުގައި އެ މަޢުލޫމާތު ސީ.އެސް ވިއުގައިގާ ރެކޯރޑްކޮށް ބަލަހައްޓަމުން ގެންދިއުމަށް ކޮމިޝަނުން ވަނީ ނިންމާފައެވެ.

މި ނިންމުމާ ގުޅިގެން 2023 ޖޫން 11 ވަނަ ދުވަހުން ފެށިގެން ތިރީގައި ބަޔާންކޮށްފައިވާ ޙާލަތެއްގައި މުވައްޒަފަކު ޙިދުމަތާ ދުރަށްދާނަމަ، ނުވަތަ ވަކިކަމަކަށް ވީއްލާނަމަ އެ ރެކޯރޑް ސީ.އެސް ވިއުގާގައި އަދާހަމަކުރަމުން ގެންދިއުމަށް ދެންނެވީމެވެ. އަދި މިހާރު އެފަދަ ޙާލަތްތަކުގައި ތިބި މުވައްޒަފުންގެ މަޢުލޫމާތު 2023 ޖޫން 22 ވަނަ ދުވަހުގެ ކުރިން ސީ.އެސް ވިއުގައިން އަދާހަމަކޮށް ނިންމުމަށްވެސް ދެންނެވީމެވެ.

1-      ސިވިލް ސަރވިސްގެ ޤަވާޢިދުގެ 205 ވަނަ މާއްދާގެ (ހ) ދަށުން ލޯކަލް ކައުންސިލް އިންތިޚާބަށް ކުރިމަތިލުމާ ގުޅިގެން ސަސްޕެންޑް ކުރާމުވައްޒަފުންގެ މަޢުލޫމާތު.

2-      ސިވިލް ސަރވިސްގެ ޤަވާޢިދުގެ 19، 22 އަދި 25 ވަނަ ޗެޕްޓަރ ގައި ވާ ގޮތުގެ މަތިން މުސާރަ ލިބޭގޮތަށް ނުވަތަ މުސާރަ ނުލިބޭގޮތަށް ވީއްލާ މުވައްޒަފުންގެ މަޢުލޫމާތު.

3-      މަޤާމަށް ބޭނުންވާ ލައިސަންސް/ހުއްދަ/ރެޖިސްޓްރޭޝަންގެ މުއްދަތު ހަމަވެގެން ސަސްޕެންޑް ކުރާ މުވައްޒަފުންގެ މަޢުލޫމާތު.

މި ސަރކިއުލަރ އާއި އެކު މި މަސައްކަތް ކުރުމަށް ބޭނުންވާ ޔޫސަރ މެނުއަލް އެއް ކަރުދާސް ކުރެވިފައިވާނެއެވެ.

11 ޖޫން 2023