ތަމްރީނު
ނަންބަރު: (IUL) 166 - Schol /166 /2015/9
ޕަބްލިޝްކުރި ތާރީޚް: 25 ޖަނަވަރީ 2015
ޕަބްލިޝްކުރި ގަޑި: 17:00
ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަން
ދިވެހިރާއްޖެ
ސްޓޫޑަންޓް ލޯން ސްކީމްގެ ދަށުން ކޯސް ބަދަލުކުރަން ހުށަހެޅުމާބެހޭ

ޓާރޝަރީ ސްޓޫޑަންޓް ލޯނު ސްކީމްގެ ދަށުން ކޯސް ބަދަލުކުރުމަށް އެދި ގިނަ ދަރިވަރުން ދަނީ ހުށަހަޅަމުންނެވެ. ވީމާ، ކޯސް ބަދަލުކޮށްދިނުމުގައި ތިރީގައިވާ ގޮތުގެމަތިން ޢަމަލުކުރުމަށް ނިންމާފައިވާ ވާހަކަ ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރަމެވެ.

- އޯއީސީޑީ ޤައުމުތަކަށް ހޮވިފައިވާ ދަރިވަރުން ނޮންއޯއީސީޑީ ޤައުމުތަކަށް ނުވަތަ ދިވެހިރާއްޖޭގައި ކިޔަވަން ބަދަލުކޮށްދިނުން.

- ނޮން އޯއީސީޑީ ޤައުމުތަކަށް ހޮވިފައިވާ ދަރިވަރުން ސާރކް ޤައުމެއްގައި ނުވަތަ ދިވެހިރާއްޖޭގައި ކިޔެވުމަށް ބަދަލުކޮށްދިނުން.

މިގޮތަށް ނިންމާފައިމިވަނީ ގިނަ ދަރިވަރުން ހޮވިފައިވާ ކޯހަށް ޕްލޭސްމެންޓް ހޯދުމުގައި ދަތިތަކާދިމާވެ، ދެވިފައިވާ މުއްދަތުގައި ކޯހަށް ނުފުރި، ލިބިފައިވާ ލޯނުގެ ފުރުޞަތު ގެއްލުނަ ނުދިނުމަށްޓަކައެވެ. ހަމައެހެންމެ މިގޮތަށް ބަދަލުކުރުމުން ކޯހަށް ހިނގާ ޚަރަދު ކުޑަވެ، ދަރިވަރުންނަށް މިކަމުގައި ލުޔެއްލިބޭނެތީއެވެ. އަދި ދަންނަވަމެވެ. މިހެން ނިންމާފައިވީކަމުގައިވިޔަސް، ކޯސް ބަދަލުކުރެވޭނީ މިޑިޕާޓްމަންޓަށް ލިޔުމުން ހުށަހަޅާ، ލިޔުމުން ހުއްދަ ހޯދުމަށްފަހުކަމުގައި ދެންނެވީމެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3341388, 3341376 , 3341381 އާ ގުޅުއްވުން އެދެމެވެ.

25 ޖަނަވަރީ 2015