ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)259/2023/52
ޕަބްލިޝްކުރި ތާރީޚް: 08 ޖޫން 2023
ޕަބްލިޝްކުރި ގަޑި: 22:31
ސުންގަޑި: 15 ޖޫން 2023 14:00
ތިލަދުންމަތީ ދެކުނުބުރީ ފިނޭ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ތިލަދުންމަތީ ދެކުނުބުރީ ފިނޭ ކައުންސިލާއި އ.ތ.މ.ކ ގުޅިގެން އަޟްހާ އީދު 1444 ފާހަގަކުރުމުގެ ގޮތުން ބޭއްވުމަށް ހަމަޖެހިފައިވާ މުބާރާތްތަކުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލުން

ފިނޭ ކައުންސިލާއި އ.ތ.މ.ކއާ ގުޅިގެން ފިނޭ ރައްޔިތުންނަށް ޚާއްސަކޮށްގެން އަޟްހާ ޢީދު 1444 ކުޅިވަރުތަކުގެ ތެރެއިން ބޭއްވުމަށް ހަމަޖެހިފައިވާ މުބާރާތްތަކުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލަމެވެ. މި މުބާރާތްތަކުގެ މައިގަނޑު މަޤްސަދަކީ ޒަމާނުއްސުރެން ދިވެހީންގެ މެދުގައި އޮންނަ ސަގާފަތް ދިރުވާ އާލާކުރުމާއި، ރައްޔިތުންގެ މެދުގައި އެކުވެރިކަން ބަދަހިކުރުމެވެ. އަދި ފިނޭ ރައްޔިތުންގެ  ހިތްތަކުގައި ކުޅިވަރަށް އޮންނަ ޝައުގުވެރިކަން އިތުރުކުރުމާއި ދުޅަހެޔޮ ސިއްހަތެއްގައި ތިބުމަށް މަގުފަހިކުރުމެވެ.

އަޟްހާ ޢީދު 1444 ގައި ބޭއްވުމަށް ހަމަޖެހިފައިވާ މުބާރާތްތަކަކީ؛

  1. ދަފިނެގުމުގެ މުބާރާތް
  2. ވާދެމުމުގެ މުބާރާތް
  3. ފައިގަތަޅާ މުބާރާތް

މި މުބާރާތްތަކުގައި ބައިވެރިވުމަށްޝައުގުވެރިވެލައްވާ ބޭފުޅުން 15 ޖޫން 2023 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން ތިރީގައިވާ ގޫގުލް ފޯމް ލިންކްތައް މެދުވެރިކޮށް ހުށަހެޅުއްވުންއެދެމެވެ. މުބާރާތްތަކުގެ ގަވާއިދު މި އިއުލާނާއެކު އެއްކަރުދާސްކުރެވިފައިވާނެއެވެ. އަދި މި މުބާރާތާ ގުޅޭ ގޮތުން އިތުރު މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވާނަމަ 6520027 ނަންބަރަށް ގުޅުއްވުންއެދެމެވެ.ނުވަތަ[email protected]  އަށް މެއިލް ކުރެއްވުން އެދެމެވެ.

-                  ގޫގްލް ފޯމް ލިންކް (ދަފިނެގުމުގެ މުބާރާތް ) : https://forms.gle/Xb62sYr4UTW7GHTG9

-                   ގޫގްލް ފޯމް ލިންކް (ވާދެމުމުގެ މުބާރާތް ) : https://forms.gle/cZZPpWKpyBzq9EfT7

-                  ގޫގްލް ފޯމް ލިންކް (ފައިގަތަޅާ މުބާރާތް ) : https://forms.gle/HhkUDFLH8wq4q6ip8

ވީމާ، މިކަން އާއްމުކޮށް އަންގާ އިއުލާންކުރީމެވެ.

08 ޖޫން 2023