ތަމްރީނު
ނަންބަރު: (IUL)160-A/1/2015/07
ޕަބްލިޝްކުރި ތާރީޚް: 28 ޖަނަވަރީ 2015
ޕަބްލިޝްކުރި ގަޑި: 16:55
ސުންގަޑި: 12 ފެބުރުވަރީ 2015 14:30
ކީރިތި ޤުރުއާނާބެހޭ މަރުކަޒު
ދިވެހިރާއްޖެ
ޤާރީކޯސް ލެވެލް 1 ފެށުމަށް

ކީރިތި ޤުރްއާނާބެހޭ މަރްކަޒުން 2015 ވަނަ އަހަރު ފެބުރުވަރީ މަހު ޤާރީކޯސް ލެވެލް 1 ފެށުމަށް ވަނީ ހަމަޖެހިފައެވެ.

ޝަރުޠު:      

1- ފަށާތަޢުލީމު ހާސިލުކޮށްފައިވުން ( ގްރޭޑް 7 ނިންމާފައިވުން ) ނުވަތަ

2- ކާތިބުކަމުގެ ސަނަދަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ

3- ކީރިތި ޤުރްއާނާބެހޭ މަރްކަޒުން ދޭ ޓެސްޓާއި އިންޓަރވިއުއިން ފާސްވުން.

މުއްދަތު:  2 މަސް

ވީމާ، މިކޯހުގައި ބައިވެރިވުމަށް އެދޭ ފޯމު 01 ފެބުރުވަރީ 2015 ވާ އާދީއްތަ ދުވަހުން ފެށިގެން މިމަރްކަޒުން ދޫކުރަމުން ގެންދާނެއެވެ. ކޯހުގައި ބައިވެރިވުމަށް އެދިލައްވާ ފަރާތްތަކުން 12 ފެބުރުވަރީ 2015 ވާ ބުރާސްފަތި ދުވަހުގެ 14:30 ގެ ކުރިން ފޯމު ފުރުއްވުމަށްފަހު ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ (އެކްރެޑިޓް އަދި އެޓެސްޓް ކުރެވިފައިވާ) ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީއާއެކު މިމަރްކަޒަށް ހުށަހެޅުއްވުން އެދެމެވެ.

07 ރަބީޢުލްއާޚިރު 1436

28 ޖަނަވަރީ 2015