ދިވެހިރާއްޖެ
އިޢުލާން
މި އިދާރާއިންދޭ މަޢުލޫމާތާއި އެއްގޮތަށް، ހއ.ތުރާކުނު އިޖްތިމާޢީ ސަރަޙައްދު ކުނިކަހާ ބެލެހެއްޓުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.
މި މަސައްކަތަށް އަންދާސީ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/18) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/19) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ.
މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން، 08 ޖޫން 2023 ވާ ބުރާސްފަތި ދުވަހުން ފެށިގެން 15 ޖޫން 2023 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 12:00 ގެ ކުރިން [email protected] އަށް، ގެޒެޓްކުރެވިފައިވާ ރެޖިސްޓްރޭޝަން ޝީޓް ފުރުމަށްފަހު، ރެޖިސްޓްރޭޝަން ޝީޓާއި ކުންފުނީގެ ރަޖިސްޓްރީގެ ކޮޕީ އީމެއިލް ކުރެއްވުން އެދެމެވެ. މިއިޢުލާނާއި ގުޅޭ ބީލަން ފޮތް ގެޒެޓް ކުރެވިފައިވާނެއެވެ.
ބީލަން ހުށަހަޅަން ބޭނުންފުޅުވާ ފަރާތްތަކުން 21 ޖޫން 2023 ވާ ބުދަ ދުވަހުގެ ހެނދުނު 11:00 އަށް މި އިދާރާގެ މީޓިންގ ރޫމްއަށް ވަޑައިގެން ބީލަން ހުށަހެޅުއްވުން އެދެމެވެ. މިމަސައްކަތާއި ގުޅޭ މަޢުލޫމާތު ޝީޓް މި އިޢުލާނާއި އެއްކަރުދާސްކުރެވިފައިވާނެއެވެ.
މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންފުޅުވާނަމަ 19 ޖޫން 2023 ވާ ހޯމަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން [email protected] އަށް މެއިލްކޮށްދެއްވުން އެދެމެވެ. އަދި ރަސްމީ ބަންދުނޫން ދުވަސްދުވަހުގެ ހެނދުނު 9:00 އިން 13:00 އަށް މި އިދާރާގެ ނަމްބަރު 6500035 ފޯނަށް ގުޅުއްވައި މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.
މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.