ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)434-HRD /434/2015/08
ޕަބްލިޝްކުރި ތާރީޚް: 24 ޖަނަވަރީ 2015
ޕަބްލިޝްކުރި ގަޑި: 16:36
ސުންގަޑި: 03 ފެބުރުވަރީ 2015 13:30
ނޭޝަނަލް ޑްރަގް އޭޖެންސީ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

މި އެޖެންސީގެ ދަށުން ހިގަމުންދާ ސެންޓަރުތަކުގައި މަސައްކަތް ކުރެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުޙަބާ ދަންނަވަމެވެ. މި ވަޒީފާތަކަށް ބޭނުންވަނީ މަސައްކަތަށް ޝައުޤުވެރިކަން ހުރި ޤާބިލު މީހުންނެވެ.

މަޤާމު

އެސިސްޓެންޓް ޕްރޮގްރާމް ކޯރޑިނޭޓަރ

ބޭނުންވާ އަދަދު

01

މަޤާމުގެ ކްލެސިފިކޭޝަން: ސީނިއަރ އޮފިސަރ ގްރޭޑް 2 / ޓެކްނިކަލް އޮފިސަރ ގްރޭޑް 2  (އެމް. އެސް 2)

ރޭންކް: MS2

މުސާރަ

މަހަކު -/6295 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/2000 ރުފިޔާ

ރިސްކް އެލަވަންސް

ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ދޭ އެލަވަންސް ފޮތުގައިވާ G209 ގައިވާ ގޮތުގެ މަތީން

ސްޕެޝަލް ޑިއުޓީ އެލަވަންސް

އަސާސީ މުސާރައިގެ %35

ޑިޕާޓްމަންޓް

ނޭޝަނަލް ޑްރަގް އެޖެންސީ / ކ. މާލެ

މަސައްކަތް ކުރަންޖެހޭ ތަން

ހާފްވޭ ހައުސް / ހުޅުމާލެ

ތަޢުލީމާއި ތަޖުރިބާ

  1. މަޤާމު މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ
  2. މަޤާމު މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ
  3. މަޤާމު މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6ގެ ސަނަދެއް ހާސިލުކޮށްފައިވުން ނުވަތަ
  4. މަޤާމު މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 5 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  1. ސެންޓަރުގެ ކްލައިންޓުންނަށް ބޭނުންވާ ދުވަހުގެ ޕްރޮގްރާމް އެކުލެވޭ ތާވަލު ތައްޔާރުކުރުން.
  2. ޕްރޮގްރާމް ހިނގާގޮތް ސުޕަވައިޒްކުރުން.
  3. ކޭސް ސުޕަރވިޝަން އަދި ކޭސް ސްޓަޑީތައް ހެދުން.
  4. ޕްރޮގްރާމް ހިންގުމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުން.
  5. ސްޓާފް މީޓުންގތައް ބޭއްވުން.
  6. ޕްރޮގްރާމް ކުރިއަށް ގެންދިއުމުގައި އެހީތެރިވެދޭ މުވައްޒަފުންނާއި ކްލައިންޓުންނަށް އެމީހުންގެ ދައުރު އަންގައި ދިނުން، ސެންޓަރުގައި އުޅޭ ކްލައިންޓުގެ ޞިއްޙީ ރައްކާތެރިކަން ދެމެހެއްޓުމަށް ކުރަންޖެހޭ މަސައްކަތްކުރުން.

މަޤާމު

ސީނިއަރ އެޑްމިނިސްޓްރޭޓިވް  އޮފިސަރ

ބޭނުންވާ ޢަދަދު

1

މަޤާމުގެ ކްލެސިފިކޭޝަން: ސީނިއަރ އޮފިސަރ ގްރޭޑް 1 / ޓެކްނިކަލް އޮފިސަރ ގްރޭޑް 1

ރޭންކް: MS1

މުސާރަ

މަހަކު -/5610  ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/2000  ރުފިޔާ

ރިސްކް އެލަވަންސް

ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ދޭ އެލަވަންސް ފޮތުގައިވާ G209 ގައިވާ ގޮތުގެ މަތީން

އެހެން ވަޒީފާއެއް އަދާކުރުން މަނާކުރާތީ ދޭ އެލަވެންސް

އަސާސީ މުސާރައިގެ %35

ޑިޕާޓްމަންޓް

ނޭޝަނަލް ޑްރަގް އެޖެންސީ / ކ. މާލެ

އާންމުގޮތެއްގައި މަސައްކަތް ކުރަންޖެހޭ ތަން

ޑްރަގް ޓްރީޓްމަންޓް އެންޑް ޑިޓޮކްސިފިކޭޝަން ސެންޓަރ / ޏ. ފުވައްމުލައް

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

1. ސެންޓަރުގައި މަސައްކަތްކުރާ ހުރިހާ މުވައްޒަފުންގެ ޗުއްޓީއާއި މުވައްޒަފުންނާ، ވަޒީފާއާއި ގުޅޭ އެހެނިހެން ކަންތައްތައް ކަމާބެހޭ ޑިވިޜަން / ސެކްޝަން / ޔުނިޓްތަކާ ގުޅިގެން ކުރިއަށް ގެންދިއުން.

2. ސެންޓަރަށް ހޯދަންޖެހޭ ތަކެތި ކަމާބެހޭ ފަރާތްތަކާ ގުޅިގެން ހޯދައި އެތަންތަނަށް ފޮނުވުން.

3. ސެންޓަރުން ފޮނުވަންޖެހޭ އިދާރީ ލިޔުންތައް ކަމާބެހޭ ފަރާތްތަކަށް ފޮނުވައި، މިކަންކަމާއި ބެހޭގޮތުން ޖަވާބުދާރީވާންޖެހޭ ފަރާތްތަކަށް ޖަވާބުދާރީވުން.

4. ސެންޓަރުގެ އަހަރީ ބަޖެޓް ހެދުމާ އެކްޝަން ޕްލޭން ތައްޔާރުކުރުމަށް ސެންޓަރު ހިންގެވުމާ ހަވާލުވެ ހުންނަވާ ބޭފުޅަކާ މަޝްވަރާކޮށް ތައްޔާރުކުރުން.

5. ސެންޓަރު ހިންގެވުމާ ހަވާލުވެ ހުންނަވާ ބޭފުޅަކު ވިދާޅުވާ މެމޯ ތައްޔާރުކުރުމާއި، މުވައްޒަފުންނަށް އަންގަންޖެހޭ އެންގުން އެންގުމާއި، ސެންޓަރުން ބޭރަށް ފޮނުވަންޖެހޭ މެމޯ / ސިޓީ ފަދަތަކެތި ލިޔެ ފޮނުވުން.

6. ސެންޓަރުގައި މަސައްކަތްކުރާ މުވައްޒަފުންގެ ހާޒިރީ ބެލެހެއްޓުން.

7. މުވައްޒަފުންނަށް މުސާރަދިނުމަށް ބޭނުންވާ ހުރިހާ ރިޕޯޓެއް ތައްޔާރުކޮށް ފޮނުވަންޖެހޭ ތާރީޚަށް ބަޖެޓަށް ފޮނުވުން.

8. ސެންޓަރުގެ ސްޓޮކަށް ބޭނުންވާ ތަކެތި ނެގުމަށާއި، އެހެނިހެން ޚިދުމަތްތައް ހޯދުމަށް ނޭޝަނަލް ޑްރަގް އޭޖެންސީއަށް ރިކުއެސްޓް ފޮނުވާ ފޮލޯއަޕް ހެދުން.

މަޤާމުގެ ޝަރުޠު

  1. މަޤާމު މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
  2. މަޤާމު މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ
  3. މަޤާމު މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 4 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު
  2. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓް ތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓް (އެކްރެޑިޓް ކޮށްފައިވާ ސެޓުފިކެޓް، ސެޓުފިކެޓް ނުލިބޭނަމަ ސެޓުފިކެޓު އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ އެސެސްމެންޓް ރިޕޯޓު ލިޔުން)
  3. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ރެފްރީންގެ މަޢުލޫމާތުދީފައިވާނަމަ ރެފްރީންގެ ލިޔުން ވަނަވަރާއެކު ހުށަހަޅަންވާނެއެވެ. އަދި ވަނަވަރުގައި ގުޅޭނެ ފޯނު ނަންބަރު އޮންނަންވާނެއެވެ.)
  4. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  5. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާ މެދު އިއުތިރާޒެއްނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  6. ވަޒީފާގެ ދާއިރާއާއިގުޅޭ ކުރުމުއްދަތުގެ ކޯހާއި ވާރކްޝޮޕް، ސެމިނަރ ފަދަ ތަމްރީނު ޕްރޮގްރާމްތަކުގެ ސެޓްފިކެޓް ނުވަތަ ބައިވެރިވި ކަމުގެ ލިޔުންތައް. 
  7. މަސައްކަތުގެ ތަޖުރިބާ ލިޔުން (މިލިޔުމުގައި އަދާކޮށްފައިވާ މަޤާމުތަކާއި އެ މަޤާމުތައް އަދާކޮށްފައިވާ ތާރީޚުތައް އެނގެން އޮންނަންވާނެއެވެ.

ސުންގަޑި

03 ފެބުރުވަރީ 2015 ވާ އަންގާރަ ދުވަހުގެ 13:30ގެ ކުރިން ނޭޝަނަލް ޑްރަގް އެޖެންސީއަށް ހުށަހަޅަން ވާނެއެވެ.

އިންޓަރވިއު އޮންނާނެ ތާރީޚާއި ތަން:

2015 ވަނަ އަހަރުގެ ފެބުރުވަރީ މަހުގެ ތެރޭގައި، ނޭޝަނަލް ޑްރަގް އެޖެންސީގައިއެވެ.

ނޯޓް: މިވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ ޢަދަދު 15 އަށްވުރެ ގިނަނަމަ ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް އަދި މަސައްކަތަށް ބޭނުންވާ ހުނަރަށް ބެލުމަށްފަހު 15 ފަރާތެއް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިތުރު މަޢުލޫމާތު

މަޢުލޫމާތު ސާފުކުރައްވަން ގުޅުއްވާނެ ނަންބަރަކީ 3334568އެވެ. ވަޒީފާއަށް އެދޭ ފޯމު ސިވިލް ސަރވިސް ވެބްސައިޓްގެ އިތުރުން ނޭޝަނަލް ޑްރަގް އެޖެންސީގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.

24 ޖަނަވަރީ 2015