ވަޒީފާގެ ފުރުޞަތު
ނަންބަރު: HDC(161)-A/IU/2015/16
ޕަބްލިޝްކުރި ތާރީޚް: 29 ޖަނަވަރީ 2015
ޕަބްލިޝްކުރި ގަޑި: 16:26
ސުންގަޑި: 04 ފެބުރުވަރީ 2015 14:30
ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން
ދިވެހިރާއްޖެ
އިންޓާން (ވަގުތީ މުވައްޒަފުން)

މަޤާމު: އިންޓާން (ވަގުތީ މުވައްޒަފުން)

މުއްދަތު: 3 މަސްދުވަސް

ޑިޕާޓްމަންޓް: ބިޒްނަސް ޑިވެލޮޕްމަންޓް، ސޭލްސް އެންޑް މާރކެޓިންގ

ސެކްޝަން: އެސްޓޭޓް ސޭލްސް އެންޑް ޕްރޮޕަޓީ މެނޭޖްމަންޓް

ވަޒީފާ އަދާކުރަންޖެހޭ ތަން: ހުޅުމާލެ

މަސައްކަތު ގަޑި: ޝިފްޓް ޑިއުޓީ (ހެނދުނު، އަދި މެންދުރުފަހު ދަންފަޅި)

އަދަދު: 6

ތައުލީމީ ފެންވަރާއި ތަޖުރިބާ:

- އޭ ލެވެލް ނުވަތަ އޯ ލެވެލް ނިންމާފައިވުން

- މަޤާމުގެ މަސައްކަތާ ގުޅޭގޮތުން ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެ

މަޤާމުގެ މަސްއޫލިއްޔަތު:

- ކޯޕަރޭޝަނުން ދޫކުރާ ފްލެޓް، ބިން ފަދަ ތަންތަން ބޭނުންކުރަމުންދާ ގޮތުގެ މަޢުލޫމާތު ހޯދުމަށް ސާރވޭކުރުން އަދި އެމަޢުލޫމާތު ޑާޓާބޭސްއަށް ދުވަހުން ދުވަހަށް އަޕްޑޭޓްކުރުން

- އަދި މިނޫންވެސް މި ޕްރޮޖެކްޓުގެ ދަށުން ކުރަން ހަވާލުކުރެވޭ މަސައްކަތް ކުރުން

ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގައި ހުރުން އެދެވިގެންވާ އިތުރު ހުނަރާއި ޤާބިލުކަން:

- ސާރވޭކުރުމުގައި ފީލްޑް މަސައްކަތުގައި އުޅެވޭ ފަރާތަކަށްވުން

- ދިވެހި ބަހާއި އިނގިރޭސި ބަހުން ރަނގަޅަށް މުޢާމަލާތް ކުރަން އެނގުން

- އެމް.އެސް. އޮފީސް ޕެކެޖް ބޭނުންކުރަން އެނގުން

- ގިނަވަގުތު މަސައްކަތުގައި އުޅެވޭ ފަރާތަކަށްވުން

މުސާރަ: ދުވާލަކަށް 200.00ރ

އެލަވަންސްގެ ގޮތުގައި ޖުމްލަ 85.00ރ މަސައްކަތްކުރާ ކޮންމެ ދުވަހަކަށް

އިތުރުގަޑީގައި މަސައްކަތް ކުރާނަމަ ކޯޕަރޭޝަންގެ އިތުރުގަޑީގެ ފައިސާ ދިނުމަށް ހަމަޖެހިފައިވާ އުސޫލާ އެއްގޮތްވާގޮތުގެ މަތިން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

މި ވަޒީފާއަށް އެދިލައްވާ ފަރާތްތަކުން ވަޒީފާއަށް އެދޭ ފޯރމު ފުރިހަމަ ކުރެއްވުމަށްފަހު ސީވީ އަދި އެޓެސްޓެޑް ސެޓްފިކެޓްތަކާއި، ކުރިން ވަޒީފާއަދާކޮށްފައިވާ ތަންތަނުގެ ރިފަރެންސް ސިޓީ އަދި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ނަކަލާއެކު 4 ފެބްރުއަރީ 2015 ވާ ބުދަ ދުވަހުގެ 14:30 ގެ ކުރިން މިއޮފީހަށް ފޮނުއްވުން އެދެމެވެ. ވަޒީފާއަށް އެދޭފޯމް މިކޯޕަރޭޝަނުގެ މައިއޮފީހުންނާއި މާލެއޮފީހުން އަދި މިކޯޕަރޭޝަންގެ ވެބްސައިޓް www.hdc.com.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.

މާލެ އޮފީސް:                                           މައި އޮފީސް:

1ވަނަ ފަންގިފިލާ،އެމް.ޓީ.ސީ.ސީ ފެރީ ޓާރމިނަލް                         3ވަނަ ފަންގިފިލާ،އެޗް.ޑީ.ސީ ބިލްޑިންގ

މާލެ، ދިވެހިރާއްޖެ                     ނުވަތަ                 ހުޅުމާލެ، ދިވެހިރާއްޖެ               

ފޯނު: 3336755                                         ފޯނު: 3353535   

ފެކްސް: 3335892                                      ފެކްސް: 3358892

 

29 ޖަނަވަރީ 2015