ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)455-CS/1/2015/1004
ޕަބްލިޝްކުރި ތާރީޚް: 27 ޖަނަވަރީ 2015
ޕަބްލިޝްކުރި ގަޑި: 16:22
ސުންގަޑި: 05 ފެބުރުވަރީ 2015 14:00
ކަސްޓަމްސް އިންޓެގްރިޓީ ކޮމިޝަން
ދިވެހިރާއްޖެ
އިންވެސްޓިގޭޓަރ

މަޤާމުގެ ނަން:

އިންވެސްޓިގޭޓަރ

ބޭނުންވާ އަދަދު:

1

ކްލެސިފިކޭޝަން:

އޮފިސަރ  ގްރޭޑް O01

އަސާސީ މުސާރަ:

-/4,725 ރ

ނޮންޕްރެކްޓިސް އެލަވަންސް:

އަސާސީ މުސާރައިގެ %35

ޓެކްނިކަލް އެލަވަންސް

އަސާސީ މުސާރައިގެ %35

ޑެއިލީ ސަރވިސް އެލަވަންސް:

ވަޒީފާއަށް ނުކުންނަ ކޮންމެ ދުވަހަކަށް -/250ރ.

ފޯނު އެލަވަންސް:

ދައުލަތުގެ އިދާރާތަކަށް ފޯނު އެލަވަންސް ދޭ އުސޫލުން

މަޤާމުގެ މަސްއޫލިއްޔަތު:

އިންވެސްޓިގޭޝަން މަސައްކަތް ކުރުން

މައިގަނޑު މަސައްކަތްތައް:

  1. ކޮމިޝަނަށް ހުށަހެޅޭ މައްސަލަތައް ބަލައި ތަޙުޤީޤުކޮށް، މައްސަލަތަކާ ބެހޭގޮތުން ކޮމިޝަނަށް މަޝްވަރާއާއި ލަފާދިނުން.
  2. ކޮމިޝަން މެންބަރުންގެ ލަފާގެ ދަށުން ސަރުކާރުގެ އެހެން އޮފީސްތަކާ ގުޅިގެން ކުރަންޖެހޭ ޤާނޫނީ މަސައްކަތްތައް ކުރުން.
  3. ތަޙުޤީގު ކުރެވޭ މައްސަލަތައް ކުރިއަށްދާ ގޮތާއި މައްސަލަތަކުގެ ރިކޯޑު ބެލެހެއްޓުން.
  4. މައްސަލަތަކާ ގުޅޭ އެންމެހާ މަޢުލޫމާތެއް ބެލެހެއްޓުން.
  5. ކޮމިޝަންގެ ލަފާގެ ދަށުން މައްސަލަތަކާ ގުޅޭ ރިޕޯޓް ތައްޔާރުކުރުން.
  6. މައްސަލަތަކާއި ގުޅޭގޮތުން ހާޒިރުކުރަންޖެހޭ މީހުންނަށް ހާޒިރުވާން އެންގުން.
  7. މައްސަލަތަކުގައި ގެނެވޭ މީހުންގެ ބަޔާން ނެގުން.
  8. ކޮމިޝަނުން ބަލައި ތަޙުޤީޤު ކުރާ މައްސަލަތަކާ ގުޅުން ހުރި ލިޔުންތައް ދެގަނެ އެފަދަ ލިޔެކިޔުންތައް ހޯދުމުގެ މަސައްކަތްކުރިއަށް ގެންދިއުން.
  9. ކޮމިޝަނުން ބަލައި ތަޙުޤީޤުކުރާ މައްސަލަތަކުގެ ރިޕޯޓް ޙިއްސާކުރަންޖެހޭ ދައުލަތުގެ އިދާރާތަކަށް ފޮނުވުމަށްޓަކައި ކުރަންޖެހޭ އެންމެހައި ކަންތައްތައް ކުރުން.
  10. ކޮމިޝަނުން ބަލައި ތަޙުޤީޤުކުރާ މައްސަލަތަކުގެ ތެރެއިން ޖިނާޢީ ދަޢްވާކުރުމަށް ކޮމިޝަނަށް ފެންނަ މައްސަލަތަކުގައި ޖިނާޢީ ދަޢްވާކުރުމަށްޓަކައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވުމަށްޓަކައި މެންބަރުންގެ ލަފައާއެކު ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުން.
  11. ކޮމިޝަނުން ބަލައި ތަޙުޤީޤުކުރާ މައްސަލަތަކުގެ ތެރެއިން ޖިނާޢީ ދަޢްވާކުރުމަށްޓަކައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާ މައްސަލަތަކުގެ ތެރެއިން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން އަނބުރާ ފޮނުވާ މައްސަލަތަކާއި އިތުރު މަޢުލޫމާތު ހޯދުމަށް އެދޭ މައްސަލަތަކުގައި މެންބަރުންގެ ލަފައާއެކު ކުރަންޖެހޭ އެންމެހާ ކަންތައްތައް ކުރުން.
  12. ކޮމިޝަނުން ބަލާ މައްސަލަތަކާ ބެހޭ ލިޔެކިޔުންތައް ތައްޔާރުކޮށް، ޓައިޕްކުރުން.
  13. އަހަރީ ރިޕޯޓަށް ބޭނުންވާ މަޢުލޫމާތު ޑިޕާޓްމަންޓުން ހޯދައި ތައްޔާރުކޮށް ކަޑައެޅިފައިވާ ޑެޑްލައިނަށް ކަމާ ބެހޭ ޑިޕާޓްމަންޓާ ޙަވާލުކުރުން.
  14. މަޤާމުގެ މަސްއޫލިއްޔަތުތަކާ ގުޅިގެން ކުރަންޖެހޭ މަސައްކަތްތައް ކުރުން.

ފެންވަރު ނުވަތަ ޝަރުޠު:

  • މަޤާމުގެ މަސައްކަތާގުޅޭ ދާއިރާއަކުން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ
  • ތަޙުޤީޤު ކުރުމުގެ ދާއިރާގެ މިފެންވަރުގެ މަޤާމެއްގައި މަސައްކަތް ކުރަމުންދާ ފަރާތެއް ކަމުގައިވުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

 

 

 

 

 

  • ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ އަދި ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ).
  • މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓް ކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ އާއި ޓްރާންސްކްރިޕްޓު (އެޓެސްޓް ކޮށްފައިވާ).
  • މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް (ރެފަރަންސް/ ރެކަމަންޑޭޝަން ލެޓަރ)
  • ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ތައްގަނޑު ޖަހާފައި)
  • ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.

ލިޔުންތައް ހުށަހަޅަންޖެހޭ ސުންގަޑި:

 

 

 

  • 5 ފެބުރުވަރީ 2015 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން ތިރީގައިވާ ­އެޑްރެހަށް އެޕްލިކޭޝަން ހުށަހެޅުއްވުން އެދެމެވެ.

ކަސްޓަމްސް އިންޓެގްރިޓީ ކޮމިޝަން

މ.މޫކައިސުއިޓްސް، 6 ވަނަ ފަންގިފިލާ

ހަވީރީހިނގުން، މާލެ 20222، ދިވެހިރާއްޖެ

އިންޓަވިއުކުރުން:

  • މަތީގައިވާ މަޤާމުގެ އިންޓަވިއުއަށް ދަޢުވަތު ދެވޭނީ ޝަރުޠު ހަމަވާ ފަރާތްތަކުގެ ތެރެއިން ހަމައެކަނި ޝޯޓްލިސްޓު ކުރެވޭ ފަރާތްތަކަށެވެ.
  • އިންޓަވިއު އަށް ހާޒިރުވާންޖެހޭ ފަރާތްތަކަށް ހާޒިރުވާންޖެހޭ ދުވަހާއި ގަޑި އިންޓަވިއު ބާއްވާ ތާރީޚުގެ 24 ގަޑިއިރު ކުރިން އެންގޭނެއެވެ.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމުގައި ބެލެވޭނެ ކަންތައްތައް:

މި މަޤާމުތަކަށް މުވައްޒަފުން ހޮވޭނީ ތަޢުލީމީ ސެޓިފިކެޓްތަކާއި މަސައްކަތާގުޅޭ ތަޖުރިބާއަށާއި އަދި އިންޓަވިއުއަށް ބަލައި އެންމެ މަތިން މާކްސް ލިބޭ ފަރާތްތަކެވެ.

ނޯޓު:

މިމަޤާމުގެ ޝަރުޠުގައިވާ ލެވެލްގެ ކޯހެއް ހަދާފައިވާ ފަރާތްތަކުގެ ތެރެއިން، ކޯސް ނިމިފައިވާ ކަމުގެ ލިޔުން ކިޔެވި މަރުކަޒަކުން ދޫކޮށްފައިވާ ފަރާތްތަކަށް މިމަޤާމަށް ކުރިމަތި ލެވިދާނެއެވެ. ނަމަވެސް، މިފަދަ ފަރާތްތަކާ އިންޓަރވިއުކުރެވޭނީ، އިންޓަރވިއު އޮންނަ ތާރީޚަށް، ސެޓްފިކެޓް އެޓެސްކޮށް ނުވަތަ ސެޓްފިކެޓްގެ ލެވެލް އެނގޭގޮތަށް މޯލްޑިވް ކޮލިފިކޭޝަން އޮތޯރިޓީން އެފަރާތަކަށް ދޫކޮށްފައިވާ ލިޔުމެއް ހުށަހެޅުމުންނެވެ.

 

  • އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ރަސްމީގަޑީގައި މި ކޮމިޝަންގެ ނަންބަރު 3010784 އަށް ގުޅުއްވުން އެދެމެވެ.

5 ރަބީޢުލްއާޚިރު 1436

27 ޖަނަވަރީ 2015