ނީލަން
ނަންބަރު: (IUL)28-AD-2/1/2023/161
ޕަބްލިޝްކުރި ތާރީޚް: 08 ޖޫން 2023
ޕަބްލިޝްކުރި ގަޑި: 12:35
ސުންގަޑި: 19 ޖޫން 2023 13:30
މިނިސްޓްރީ އޮފް ޑިފެންސް
ދިވެހިރާއްޖެ
މިނިސްޓްރީ އޮފް ޑިފެންސްގައި ހުރި ބައުވެ ހަލާކުވެފައިވާ ބައެއް ތަކެތި ނީލަންކިޔުމާގުޅޭ

އިޢުލާން


މިނިސްޓްރީ އޮފް ޑިފެންސްގައި ހުރި ބައުވެ ހަލާކުވެފައިވާ ބައެއް ތަކެތި ނީލަންކިޔުމަށް ކުރެވުނު ނަންބަރު (IUL)28-AD-2/1/2023/154 އިޢުލާނާއި ގުޅިގެންއެކަށީގެންވާ ތަރުހީބެއް ލިބިފައި ނުވާތީ އެތަކެތި ދެވަނަ ފަހަރަށް ނީލަންކިޔުމަށް އިޢުލާނު ކުރީމެވެ. މި ނީލަމާގުޅޭ ތަފްޞީލު ތިރީގައި މިވަނީއެވެ.

  1. ނީލަން ކިޔުމަށް ހަމަޖެހިފައިވާ ތަން: މިނިސްޓްރީ އޮފް ޑިފެންސް
  2. ނީލަންކިޔުމަށް ހަމަޖެހިފައިވާ ދުވަހާއި ގަޑި: 2023 ޖޫން 19 ވަނަ ދުވަހުގެ 13:30 ގައި
  3. ނީލަންކިޔުމަށް ހަމަޖެހިފައިވާ އުޞޫލު: ދުވަހު ނީލަމުގައި
  4. މަޢުލޫމާތު ހޯދުމަށް ގުޅުއްވާނެ ފޯން ނަންބަރާއި ގަޑި: 3314669 (ރަސްމީ ދުވަސްތަކުގެ ހެނދުނު 08:30 އިން 14:00 އާދެމެދު)

މި އިޢުލާނާއެކު ނީލަމުގައި ހިމެނޭ ތަކެތީގެ މަޢުލޫމާތާއި، ނީލަމުގައި ތަކެތި ވިއްކާލުމަށް ހަމަޖެހިފައިވާ އަގުގެ މަޢުލޫމާތު އެއްކަރުދާސް ކުރެވިފައިވާނެއެވެ. ނީލަމުގައި ބައިވެރިވެލެއްވުމަށް ވަޑައިގަންނަވާއިރު  ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއެއް ގެންނަވަން ވާނެއެވެ.

ވީމާ، ޝައުގުވެރިވެލައްވާ ފަރާތްތަކުން މި ނީލަމުގައި ބައިވެރިވެލެއްވުން އެދި، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

08 ޖޫން 2023