ޢާންމު މަޢުލޫމާތު
ނަންބަރު: (PP)318-AD/318/2023/3
ޕަބްލިޝްކުރި ތާރީޚް: 08 ޖޫން 2023
ޕަބްލިޝްކުރި ގަޑި: 12:21
މާޅޮސްމަޑުލު ދެކުނުބުރީ ދަރަވަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
އުސޫލު ނަންބަރު: (PP)318-SS/318/2023/2 ބ. ދަރަވަންދޫއިން ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމުގެ އުސޫލު – 2023 އަށް ފުރަތަމަ އިޞްލާޙު ގެނައުން.
އުސޫލު ނަންބަރު: (PP)318-SS/318/2023/2 ބ. ދަރަވަންދޫއިން ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމުގެ އުސޫލު – 2023 އަށް އަންނަނިވި އިޞްލާހުތައް ގެނައުން.
1. ބުނެވިދިޔަ އުސޫލުގެ 22.3 ވަނަ މާއްދާގެ އިތުރު ތަފުޞީލު އަންނަނިވި ގޮތަށް އިޞްލާޙުކުރުން.
- ދަރަވަންދޫގައި ރަޖިސްޓަރީ ވެފައިވާ ދަރިންކަމަށް ބެލެވޭނީ ގޯއްޗަށްއެދި ފޯމު ހުށަހަޅާ ތާރީޚާ ހަމައަށް ދަރަވަންދޫގައި ރަޖިސްޓަރީ ވެފައިވާ ކުދިންނަމައެވެ.
2. ބުނެވިދިޔަ އުސޫލުގެ 22.5 ވަނަ މާއްދާގެ އިތުރު ތަފުޞީލަށް އަންނަނިވި ޕޮއިންޓް އިތުރުކުރުމަށް.
- މި މާއްދާގެ (ރ)ގެ ދަށުން ތިމާގެ އަނބިމީހާ / ފިރިމީހާގެ ނަމުގައި ދިވެހިރާއްޖޭގެ އެއްވެސް ރަށެއްގައި 1000 އަކަފޫޓަށްވުރެ ކުޑަ ގޯއްޗެއް އޮވެ، އެ ގޯތި ދޫކޮށްލުމަށް އިޤްރާރުވާނަމަ މި މާއްދާގެ ދަށުން އުނިކުރާ ޕޮއިންޓް އުނި ނުކުރެވޭނެއެވެ.
3. މި އުސޫލަށް ޢަމަލުކުރަން ފަށާނީ، މާޅޮސްމަޑުލު ދެކުނުބުރީ ދަރަވަންދޫ ކައުންސިލުގެ ބައްދަލުވުމަކުން މި އިޞްލާޙު ފާސްކޮށް ގެޒެޓްކުރާ ދުވަހުން ފެށިގެންނެވެ.
- މި އިޞްލާޙު ފާސްކޮށްފައިވަނީ މާޅޮސްމަޑުލު ދެކުނުބުރީ ދަރަވަންދޫ ކައުންސިލްގެ ހަތަރުވަނަ ދައުރުގެ 106 ވަނަ ޖަލްސާއިންނެވެ.
08 ޖޫން 2023