ނީލަން
ނަންބަރު: (IUL) 457-AS/1/2023/ 26
ޕަބްލިޝްކުރި ތާރީޚް: 08 ޖޫން 2023
ޕަބްލިޝްކުރި ގަޑި: 10:35
ސުންގަޑި: 17 ޖޫން 2023 00:00
މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް
ދިވެހިރާއްޖެ
މިބިއުރޯގަ ހުރި ބައު ތަކެތި ނީލަމްކިއުން

އިޢުލާން

 

މިބިއުރޯގަ ހުރި ބައު ތަކެތި ނީލަމުގައި ވިއްކުން

 

މި ބިއުރޯގައި ހުރި ބާވެ ހަލާކުވެފައިވާ ބައެއް ތަކެތި ދުވަހު ނީލަމުގެ އުޞޫލުން ނީލަންކިޔުން 2023 ޖޫން 17 ވާ ހޮނިހިރު ދުވަހުގެ މެންދުރު ފަހު 14:00 ގައި މިބިއުރޯގައި އޮންނާނެއެވެ.

މި ތަކެތި ބަލަން ބޭނުންވާ ފަރާތްތަކުން، 2023 ޖޫން 15 ވާ ބުރަސްފަތި ދުވަހުގެ މެންދުރު 15:00 އަށް މި ބިއުރޯ ހިނގަމުންދާ އިމާރާތް " ދާރުލް އީމާން ބިލްޑިންގ" ގެ 9 ވަނަ ފަންގެފިލާއަށް ޙާޟިރުވުން އެދެމެވެ. ނީލަން ކިޔުމަށް ހަމަޖެހިފައިވާ ތަކެތީގެ މަޢުލޫމާތާއި، ނީލަން ފެށޭ އަގު، މި އިޢުލާނާއެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ.

 

ވީމާ، ނީލަމުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން، ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ހިފައިގެން، 2023 ޖޫން 17 ވާ ހޮނިހިރު ދުވަހުގެ މެންދުރު 14:00 އަށް މިބިއުރޯ ހިނގަމުންދާ އިމާރާތް " ދާރުލް އީމާން ބިލްޑިންގ" ގެ 9 ވަނަ ފަންގެފިލާއަށް    އަށް ޙާޟިރުވެ، ނީލަމުގައި ބައިވެރިވުން އެދެމެވެ.

 

ނީލަން ކާމިޔާބު ކުރާ ފަރާތުން ސަރުކާރު ބަންދު ނޫން 3 ދުވަހުގެ ތެރޭގައި، ނީލަން ކިޔުނު ތަކެތީގެ ފައިސާ މިނިސްޓްރީ އޮފް ފިނޭންސް ގެ ބަނޑޭރި ޕޯޓަލް https:/bandeyripay.finance.gov.mv މެދުވެރިކޮށް ދެއްކުމަށްފަހު ސަރުކާރު ބަންދު ނޫން 3 ދުވަހުގެ ތެރޭގައި ތަކެތި ގެންދަން ވާނެއެވެ.  މި މުއްދަތުގެ ތެރޭގައި ނުގެންގޮސް ހުރި ތަކެތި އަލުން ނީލަމުގައި ވިއްކާލެވޭނެއެވެ. އަދި ނީލަން ކާމިޔާބު ކުރުމަށްފަހު އެތަކެތި ނުގެންދާ ފަރާތްތަކަށް މި އޮފީހުން  ބާއްވާ ނީލަންތަކުގައި ދެން ބައިވެރި ވެވޭނީ 3 މަސް ދުވަސް ފަހުން ކަމުގައި ދެންނެވީމެވެ. އަދި މިކަމަބެހޭ ގޮތުން އިތުރު މައުލޫމާތު އޮޅުންފިލުވަން ބޭނުންފުޅުވެލައްވާނަމަ މި ބިއުރޯގެ ފޯން ނަންބަރު 3008400 އަށް ގުޅުއްވުން އެދެމެވެ.

   

19 ޛުލްޤަޢިދާ 1444

                           08  ޖޫން 2023

08 ޖޫން 2023