މަސައްކަތް
ނަންބަރު: GS206/IUL/2023/006
ޕަބްލިޝްކުރި ތާރީޚް: 08 ޖޫން 2023
ޕަބްލިޝްކުރި ގަޑި: 10:20
ސުންގަޑި:
15 ޖޫން 2023 12:30
ވާދޫ ޖަމާލުއްދީން ސްކޫލް، ގދ. ވާދޫ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
އެކްޓިވިޓީ ޔުނިފޯމް ތައްޔާރުކުރާނެ ފަރާތެއް ހޯދުން
މިސްކޫލްގެ އެކްޓިވިޓީ ޔުނިފޯމް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަމްބަރ (GS206/IUL/2023/004) އިއުލާނަށް ޝައުޤުވެރިކަން ފާޅުކޮށްފައިވަނީ އެންމެ ފަރާތަކުން ކަމަށްވާތީ އެ ޢިއުލާން ބާޠިލުކޮށް އަލުން ޢިއުލާން ކުރަމެވެ.
- މި ސްކޫލުން ދޭ މަޢުލޫމާތާއި އެއްގޮތަށް ސްކޫލުގެ އެކްޓިވިޓީ ޔުނިފޯރމު ތައްޔާރު ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވާތީ އެފުރުޞަތު ހުޅުވާލަމެވެ
- މި ޕްރޮޖެކްޓްގައި ބައިވެރިވާން އެދޭ ފަރާތްތަކުން 8 ޖޫން 2023 އިން 12 ޖޫން 2023 އަށް ބަންދުނޫން ކޮންމެ ދަވަހަކު 9:00 އިން 13:00 އަށް ސްކޫލަށް ވަޑައިގެން ނުވަތަ އީމެއިލް މެދުވެރިކޮށް ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. ރަޖިސްޓްރީ ކުރުމަށް ތިރީގައިވާ މަޢުލޫމާތުތައް ހިމަނަން ވާނެއެވެ.
މަޢުލޫމާތު ސާފުކުރާ ފަރާތުގެ ނަން
ވިޔަފާރި ރަޖިސްޓްރީ ނަންބަރ
ވިޔަފާރީގެ ނަން
ވިޔަފާރީގެ ވެރިފަރާތުގެ ނަމާއި އެޑްރެސް
އީމެއިލް އެޑްރެސް
ގުޅޭނެ މޯބައިލް ނަންބަރު
3. މައުލޫމާތު ސެޝަންގައި ބައިވެރިވެވޭނީ ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.
މި ޕްރޮޖެކްޓާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 15 ޖޫން ވާ ބުރާސްފަތި ދުވަހުގެ 12:30 ގައި މި ސްކޫލްގައި އެވެ.
މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 7983084 ނަންބަރު ފޯނާއެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.
08 ޖޫން 2023