ދިވެހިރާއްޖެ
އިޢުލާން
މިކައުންސިލްގެ 08 ކޮޓަރީގެ އެކަމަޑޭޝަން ޢިމާރާތަށް ބޭނުންވާ ފަރުނީޗަރ ޖަހައިދޭނެ ފަރާތެއް ހޯދުމާއި ގުޅޭ؛
މިކައުންސިލްގެ 08 ކޮޓަރީގެ އެކަމަޑޭޝަން ޢިމާރާތަށް ބޭނުންވާ ފަރުނީޗަރ މިއިދާރާ އިން ދޭ ކުރެހުމާއި އެއްގޮތަށް ޖަހައިދޭނެ ފާރާތެއް ބޭނުން ވެއްޖެއެވެ.
މިކަމަށް ޝައުޤުވެރިވެލައްވާ، އަމިއްލަ ފަރުދުންގެ ވިޔަފާރި، ޕާޓްނަރޝިޕް، ކޯޕަރޭޓިވް ސޮސައިޓީ ނުވަތަ ކުންފުނިތަކުން 15 ޖޫން 2023 ގެ 12:00 ކުރިން ބީލަމުގައި ރަޖިސްޓްރީވުމަށް އެދޭ ފޯމް ފުރިހަމަކޮށް [email protected] އަށް މެއިލް ކުރެއްވުމަށްފަހު ތިރީގައި މި ދަންނަވާ ގަޑިއަށް މި އިދާރާއަށް ހާޟިރުވެ ބީލަން ހުށަހެޅުއްވުން އެދެމެވެ. ބީލަމުގެ މަޢުލޫމާތު ކަރުދާސް ބީލަމުގެ ރަޖިސްޓުރީ ވާ ފަރާތަކަށް 18 ޖޫން 2023 ގެ 14:00 ކުރިން އީމެއިލް މެދުވެރިކޮށް ފޮނުވައި ދެވޭނެއެވެ.
# |
|
ތަން |
ތާރީޙް |
ގަޑި |
1 |
ބީލަމުގައި ރަޖިސްޓްރީވުމަށް |
ބީލަމުގައި ރަޖިސްޓްރީވުމަށް އެދޭފޯމް [email protected] އަށް މެއިލް ކުރައްވައިގެންނެވެ. |
07 ޖޫން 2023 އިން 15 ޖޫން 2023 އަށް |
12:00 އަށް |
2 |
ބީލަމުގެ މަޢުލޫމާތު ދިނުން |
ބީލަމުގައި ރަޖިސްޓްރީވާ ފަރާތްތަކަށް މަޢުލޫމާތު ކަރުދާސް އީމެއިލް މެދުވެރިކޮށް ފޮނުވައިދެވޭނެއެވެ. |
18 ޖޫން 2023 |
14:00 ކުރިން |
3 |
ބީލަން ހުށަހެޅުން |
ށ.ގޮއިދޫ ކައުންސިލް އިދާރާގެ މީޓިން ރޫމް |
22 ޖޫން 2023 |
11:00 އަށް |
މިކަމާއި ގުޅޭ އިތުރު މަޢުލޫމާތު މިއިދާރާގެ ނަންބަރު 9606540043 ފޯނާއި ގުޅުއްވުމުން ނުވަތަ މިއިދާރާއަށް ވަޑައިގަތުމުން ސާފުކޮށްދެވޭނެއެވެ.
ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.
18 ޛުލްގައިދާ 1444
07 ޖޫން 2023