ދިވެހިރާއްޖެ
`
މިނިސްޓްރީ އޮފް އެޑިޔުކޭޝަން
މާލެ، ދިވެހިރާއްޖެ
އިޢުލާން ނަންބަރު:(IUL)22-EDF/22/2023/198
ބީލަން ހުށަހެޅުމުގެ ދަޢުވަތު
ބޭންޑް ސާމާނު ސަޕްލައިކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެ
1. ބައެއް ސްކޫލްތަކަށް ބޭނުންވާ ބޭންޑް ސާމާނު ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރި ނަންބަރު 22-EDF/22/2023/170 ( 23 މެއި 2023) އިއުލާނާ ގުޅިގެން ހުށަހަޅާފައިވާ އަގުތައް އެކަށީގެންވާ ވަރަށްވުރެއް ބޮޑުކަމަށް ފެންނާތީ، އަންދާސީ ހިސާބުތައް ބާތިލްކޮށް، އެ ތަކެތި 45 (ސާޅިސްފަސް) ދުވަހުގެ ތެރޭގައި ސަޕްލައިކޮށްދިނުމަށް ބީލަން ހުށަހެޅުމުގެ ފުރުސަތު އަލުން ހުޅުވާލަމެވެ.
2. މި އިއުލާނަށް ކުރިމަތިލާ ފަރާތްތަކަށް ހޯދަން ޖެހޭ ބޭންޑް ސާމާނުގެ މައުލޫމާތު ދިނުން 11 ޖޫން 2023 ވާ އާދިއްތަ ދުވަހުގެހެނދުނު 10:00 ގައި އެޑިޔުކޭޝަން ޑިވެލޮޕްމަންޓް ފަންޑުގެ އިދާރާ / މިނިސްޓްރީ އޮފް އެޑިޔުކޭޝަން ، އެދުރުހިޔާ ، 9 ވަނަ ފަންގިފިލާގައި އޮންނާނެއެވެ.
3. ބީލަން ހުށަހަޅާ ފަރާތުން -/25,000 (ފަންސަވީސް ހާސް) ރުފިޔާ ގެ ބިޑް ސެކިއުރިޓީ އެއް ހުށަހަޅަން ވާނެއެވެ. ބިޑް ސެކިއުރިޓީގެ މުއްދަތަކީ، ބިޑް ހުޅުވާ ތާރީޚުން ފެށިގެން 30 (ތިރީސް) ދުވަހެވެ.
4. ބިޑް ހުށަހެޅުމާއި ބިޑް ހުޅުވުން އޮންނާނީ، 18 ޖޫން 2023 ވާ އާދިއްތަ ދުވަހުގެ ހެނދުނު 10:00 ގައި އެޑިޔުކޭޝަން ޑިވެލޮޕްމަންޓް ފަންޑުގެ އިދާރާ / މިނިސްޓްރީ އޮފް އެޑިޔުކޭޝަން ، އެދުރުހިޔާ ، 9 ވަނަ ފަންގިފިލާގައެވެ.
5. މި ޕްރޮޖެކްޓާގުޅޭ ބީލަން ފޮތް މި އިޢުލާނާއެކު އެޓޭޗް ކޮށްފައި ވާނެއެވެ.
6. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
އެޑިޔުކޭޝަން ޑިވެލޮޕްމަންޓް ފަންޑުގެ އިދާރާ
މިނިސްޓްރީ އޮފް އެޑިޔުކޭޝަން
އެދުރުހިޔާ ، 9 ވަނަ ފަންގިފިލާ، ފަޅުމަތީ މަގު، މާލެ، ދިވެހިރާއްޖެ.
ފޯން: 3341193 / 3341194
އީ-މެއިލް: [email protected]
ކޮޕީ އީ-މެއިލް: [email protected]