ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)384/2023/33
ޕަބްލިޝްކުރި ތާރީޚް: 07 ޖޫން 2023
ޕަބްލިޝްކުރި ގަޑި: 12:15
ސުންގަޑި: 07 އޮގަސްޓް 2023 14:00
ކޮޅުމަޑުލު މަޑިފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގޯތި ބަދަލުކުރުމަށް ދީފައިވާ ފުރުޞަތު ބަންދު ކުރުމާއިބެހޭ

          މިއިދާރާގެ ނަންބަރު:(IUL)384-A/2021/31 އިޢުލާނާއިގުޅިގެން ބަންޑާރަ ގޯއްޗަށް އެދި ފޯމް ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން ގޯތި ލިބިފައިވާ ފަރާތްތަކަށް، ގޯތިބަދަލް ކުރުމުގެ ފުރުޞަތު ވަގުތީރަޖިސްޓަރީ އާއި ހަވާލުވުމާއި ހަމަޔަށް ބަންދުވާނެކަމަށް ، މިއިދާރާގެ ނަންބަރު: (IUL)384-A/2023/06 އިއުލާނުގައި ވާނެއެވެ. ނަމަވެސް ގޯތި ލިބުނު ބައެއް ފަރާތްތަކުން ވަގުތީ ރަޖިސްޓަރީއާއި ހަވާލުނުވެ ގިނަދުވަސްތަކެއް ވެފައިވުމާއި، ވަގުތީ ރަޖިސްޓަރީ އާއި ހަވާލުވެފައިވާ ބައެއް ފަރާތްތަކުން ގޯތި ބަދަލްކޮށްދިނުމަށް އެދި ހުށަހަޅަމުންދާތީ، މިއިދާރާގެ ނަންބަރު:(IUL)384-A/2021/31 އިޢުލާނާއިގުޅިގެން ގޯތި ލިބިފައިވާ ފަރާތްތަކަށް، މި އިދާރާ މެދުވެރިކޮށް ގޯތި ބަދަލްކުރުމަށް ފުރުޞަތުދެވޭނެ އެންމެ ފަހު ތާރީހަކީ 2023 އޮގަސްޓް 07 ގެ 14:00 އާއި ހަމައަށް ކަމުގައި ތ.މަޑިފުށީ ކައުންސިލްގެ 4ވަނަދައުރުގެ103  ވަނަޖަލްސާއިން ވަނީ ނިންމާފައެވެ. އަދި ގޯތި ބަދަލު ކުރުމުގެ ފުރުޞަތު ހުޅުވާލެވިފައި ވީނަމަވެސް ގޯތި ލިބިފައިވާ ފަރާތްތަކުން 'ގޯތީގެ ރަޖިސްޓަރީ' (ދާއިމީ ރަޖިސްޓަރީ) ހެއްދުމަށް ހުށަހެޅުމުން ގޯތި ބަދަލް ކުރުމުގެ ފުރުޞަތު ބަންދުވީކަމުގައިވެސް ދަންނަވަމެވެ.

          ވީމާ، ގޯތި ބަދަލުކުރުމަށް ބޭނުންވާ ފަރާތްތަކުން "ގޯތި ބަދަލުކުރުމަށް އެދޭ ފޯމް" ފުރިހަމަކޮށް، ހުށަހެޅުއްވުން އެދެމެވެ. ފޯމް މިއިދާރާގެ ކައުންޓަރުން ލިބެންހުންނާނެއެވެ. އަދި މި އިޢުލާނާއި އެކު އެޓޭޗްކޮށް ގެޒެޓް ކުރެވިފައި ވާނެއެވެ.

07 ޖޫން 2023