ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: 216-MPAO/I/2015/10
ޕަބްލިޝްކުރި ތާރީޚް: 27 ޖަނަވަރީ 2015
ޕަބްލިޝްކުރި ގަޑި: 14:46
ސުންގަޑި: 04 ފެބުރުވަރީ 2015 14:00
މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް
ދިވެހިރާއްޖެ
ތަކެތި ގަތުމަށް

މި އޮފީހުގެ ނަންބަރ MPAO/I/2014/48-ފ216 (4 ނޮވެންބަރު 2014) އިން ޕެންޝަން އެންޑް ސޯޝަލް ޕްރޮޓެކްޝަން އެޑްމިނިސްޓްރޭޝަން ޕްރޮޖެކްޓުގެ އެހީގެ ދަށުން މިނިސްޓްރީ އޮފް ހެލްތުގެ ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީއަށް ގަންނަން އިޢުލާނު ކޮށްފައިވާ ތަކެއްޗަށް އެއްވެސް ފަރާތަކުން އަންދާސީހިސާބު ހުށަހަޅާފައިނުވާތީ އެއިޢުލާނު ބާޠިލުކޮށް، އެތަކެތި ގަތުމަށް އަލުން އިޢުލާނު ކުރަމެވެ.

އަދަދު

އައިޓަމް

1

އިންޓަރެކްޓިވް ޕްރޮޖެކްޓަރ

ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 04 ފެބުރުވަރީ 2015 (ބުދަ) ދުވަހުގެ 14:00 އަށް ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 11 ފެބުރުވަރީ 2015 (ބުދަ) ދުވަހުގެ 14.00 އަށް އަންދާސީހިސާބު ހުށަހެޅުއްވުމަށް ދަންނަވަމެވެ.

މަޢުލޫމާތު ސާފުކުރުމަށް ހާޒިރުނުވާ ފަރާތްތަކުންނާއި ވަގުތުގެ ފަހުން އަންދާސީހިސާބު ހުށަހަޅާ ފަރާތްތަކުގެ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަވެސް ދެންނެވީމެވެ. އަދި މަޢުލޫމާތު ސާފުކުރުމަށް ހާޒިރުވާ ފަރާތްތަކުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ގެންނަވަންވާނެއެވެ.

މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް

ޕްރޮޖެކްޓް މެނޭޖްމަންޓު ޔުނިޓް

އަމީނީ މަގު، 20379

މާލެ، ދިވެހިރާއްޖެ

ފޯނު ނަންބަރު: 3309908

ފެކްސް ނަންބަރު: 3307759

އީމެއިލް:[email protected]  [email protected]

27 ޖަނަވަރީ 2015