ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)249-A/249/2023/36
ޕަބްލިޝްކުރި ތާރީޚް: 06 ޖޫން 2023
ޕަބްލިޝްކުރި ގަޑި: 14:50
ސުންގަޑި: 20 ޖުލައި 2023 14:00
ތިލަދުންމަތީ އުތުރުބުރީ ކެލާ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
2023-2024 ވަނަ އަހަރުގެ ދިރާސީ އަހަރު ދަރިވަރުން ޕްރީސްކޫލަށް ވެއްދުމާގުޅޭ

2024 ވަނަ އަހަރުގެ ދިރާސީ އަހަރު ދަރިވަރުން ޕްރީސްކޫލަށް ވެއްދުމާގުޅޭ

 

        2023-2024 ވަނަ އަހަރުގެ ދިރާސީ އަހަރަށް ކެލާ ލިލީ ޕްރީސްކޫލަށް ކުދިން ވެއްދުމުގައި އުމުރުފުރާ ބަލާނީ ތިރީގައި މިދަންނަވާ ތާވަލާއި އެއްގޮތަށް ކަމުގައި ދަންނަވަމެވެ.

 

ގްރޭޑް

2023-2024 ވަނަ އަހަރު ގްރޭޑަށް ޢުމުރުފުރާ

ބޭބީ ނާސަރީ

31 ޖުލައި 2023ގެ ނިޔަލަށް މީލާދީގޮތުން 2 އަހަރު ފުރި 3 އަހަރު ނުފުރޭ ކުދިން

(01 އޯގަސްޓް 2021 އާއި 31 ޖުލައި 2020 އާއި ދެމެދު އުފަންވެފައިވާ ކުދިން)

ނާސަރީ

31 ޖުލައި 2023ގެ ނިޔަލަށް މީލާދީގޮތުން 3 އަހަރު ފުރި 4 އަހަރު ނުފުރޭ ކުދިން

(01 އޯގަސްޓް 2020 އާއި 31 ޖުލައި 2019 އާއި ދެމެދު އުފަންވެފައިވާ ކުދިން)

 

       ވީމާ، ސްކޫލަށް ކުދިން ވެއްދުމަށް ބޭނުންވާ ފަރާތްތަކުން "ސްކޫލަށް ކުދިން ވެއްދުމަށްއެދޭ ފޯމު" ފުރިހަމަ ކުރުމަށްފަހު 2023 ޖުލައި 20 ވާ ބުރާސްފަތި ދުވަހުގެ ކުރިން މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. މި ފޯމު ކެލާ ކައުންސިލް އިދާރާގެ ވެބްސައިޓު www.kelaa.gov.mv  އާއި އިދާރާގެ ރިސެޕްޝަނުން ލިބެން ހުންނާނެއެވެ.

06 ޖޫން 2023