ޢާންމު މަޢުލޫމާތު
ނަންބަރު: E7C-A/N/2023/02
ޕަބްލިޝްކުރި ތާރީޚް: 06 ޖޫން 2023
ޕަބްލިޝްކުރި ގަޑި: 13:46
ސުންގަޑި: 11 ޖޫން 2023 13:30
މާޅޮސްމަޑުލު އުތުރުބުރީ އުނގޫފާރު މެޖިސްޓްރޭޓްކޯޓް
ދިވެހިރާއްޖެ
މަސައްކަތާއިގުޅޭ ނޯޓިސް

މި ކޯޓުގެ ފާޚާނާއެއްގެ ބިތްތަކުގައި ޖަހާފައިވާ މުށިތައް ނައްޓުވާ މިކޯޓުން މަސައްކަތަށް ބޭނުންވާ ތަކެތި ދިނުމުން ފާހާނާގެ ފެންވައިރުކޮށް، ބިތްތަކާއި ތަޅުމުގައި މުށިޖަހާ ފާޚާނާގައި މިހާރު ހުރި ދޮރުނަގާ ދާރަ ހަދައިދޭނެ ފަރާތެއް ހޯދުމާ ބެހޭ

 

          މިކޯޓުން ކުރިން ގެޒެޓްކޮށްފައިވާ ނަންބަރު E7C-A/N/2023/01 ނޯޓިސްގައިވާ މަސައްކަތްކުރުމަށް ހުށަހަޅާފައިވާ އަގުތައް ބޮޑުކަމަށް ފެންނާތީ އެނޯޓިސް ބާތިލްކޮށް އަލުން އަގު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

          މި ކޯޓުގައި މަރާމާތުކުރުމަށް ބޭނުންވާ ފާޚާނާގެ ބިތްތަކުގައި މިހާރު ޖަހާފައިހުރި މުށިތައް ނައްޓުވާ އުކާލާ މިކޯޓުން ތަކެތި ދިނުމުން ފާޚާނާގެ ފެންވައިރިންއަޅާ، ބިތްތަކުގަ އާއި، ތަޅުމުގައި މުށިޖަހާ މިހާރު ފާޚާނާގައި ހަރުކޮށްފައިހުރި ދޮރުނަގާ ދާރަ ހަދައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

          ނޯޓިސް އާއި ގުޅޭ މަޢުލޫމާތު ޝީޓު އެޓޭޗްކުރެވިފައިވާނެއެވެ. އިތުރު މަޢުލޫމާތެއް ބޭނުންވާނަމަ މި ކޯޓުގެ މެއިލް އެޑްރެސް [email protected] އަށް 08 ޖޫން 2023 ވަނަ ދުވަހުގެ 14:00 ގެ ކުރިން މެއިލްކުރުން އެދެމެވެ.

          މި ކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 11 ޖޫން 2023 ވަނަ ދުވަހުގެ 13:30 ގެ ކުރިން މި ކޯޓަށް ކޯޓޭޝަން (މަޢުލޫމާތު ޝީޓާއި އެޓޭޗްކުރެވިފައިވާ ފޯމް) ހުށަހެޅުއްވުން އެދެމެވެ.             

 

06 ޖޫން 2023