ދިވެހިރާއްޖެ
އިޢުލާން
އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ގަވާއިދަށް އާންމުން އަހުލުވެރިކުރުވުމަށް ބާއްވާ މަޢުލޫމާތު ސެޝަންއާބެހޭ
ޤާނޫނު ނަންބަރު 2014/19 (އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު) ގެ ދަށުން އެކުލަވާލާފައިވާ، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ގަވާއިދު ގެޒެޓުކޮށް 22 މެއި 2023 ގައި ޢަމަލުކުރަން ފަށާފައިވާނެއެވެ. މި ގަވައިދުގައިވާ ކަންކަމަށް އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓަރީކޮށްފައިވާ ފަރާތްތައް އަދި އަމިއްލަ ވިޔަފާރި ފަށަން ގަސްދުކުރާ ފަރާތްތައް ހޭލުންތެރިކުރުވުމުގެ ގޮތުން ބޭއްވުމަށް ހަމަޖެހިފައިވާ އޮންލައިން ސެޝަންތަކުގެ ފުރަތަމަ ސެޝަން 8 ޖޫން 2023 ގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި މިސެޝަން ފޭސްބުކް އަދި ޓުވިޓަރ މެދުވެރިކޮށް ލައިވް ކުރެވޭނެ ވާހަކަ އާންމުކޮށް އަންގާ އިޢުލާންކުރީމެވެ. ސެޝަންގެ މަޢުލޫމާތު ތިރީގައި އެވަނީއެވެ.
ދުވަސް : 8 ޖޫން 2023 ވާ ބުރާސްފަތި ދުވަސް
ވަގުތު: ހެނދުނު 11:00 އިން 12:00 އަށް