ދިވެހިރާއްޖެ
އިޢުލާން
49 ވަނަ ޤައުމީ ބެޑްމިންޓަން މުބާރާތް
ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ޢިއުލާން ނަންބަރ BAM/IUL/2023/022 އާއި ހަވާލާދީ ދަންނަވަމެވެ. 20 ޖޫން 2023 އިން 27 ޖޫން 2023 އަށް ބޭއްވުމަށް ހަމަޖެހިފައިވާ 49 ވަނަ ޤައުމީ ބެޑްމިންޓަން މުބާރާތް މިހާރު ވަނީ 01 ޖުލައި 2023 އިން 05 ޖުލައި 2023 އަށް މާލެ ކުޅިވަރު ބެޑްމިންޓަން އިންޑޯ ހޯލްގައި ބޭވުމަށް ފަސްކުރެވިފައެވެ.
ވީމާ މުބާރާތުގައި ބައިވެރިވާން ބޭނުންފުޅުވާ ފަރާތްތަކުން މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް ފުރިހަމަކުރުމަށް ފަހު 22 ޖޫން 2023 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސްއަށް ހުށަހެޅުމަށް ދަންނަވަމެވެ. އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ ސަރުކާރު ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން ހަވީރު 15:30 އަށް މިއެސޯސިއޭޝަންގެ ފޯނު ނަމްބަރ (3314057) އަށް ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.