ދިވެހިރާއްޖެ
މިއިދާރާގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެ
މިއިދާރާގެ ސެކިއުރިޓީ 01 އަހަރު ދުވަހަށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް މިއިދާރާއިން ކުރި ނަންބަރު IUL)382/382/2015/1)ފ(11 ޖަނަވަރީ 2015) އިޢުލާނާ ގުޅިގެން ދެވިފައިވާ މަޢުލޫމާތުޝީޓަށް ބަދަލުތަކެއް ގެނައުމާ ގުޅިގެން އެ އިޢުލާން ބާޠިލުކޮށް، އަލުން އިޢުލާން ކުރީމެވެ.
ވީމާ، މިމަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 01 ފެބުރުވަރީ 2015 ވާ އާދީއްތަ ދުވަހުގެ 13:00 އަށް މިއިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 05 ފެބުރުވަރީ 2015 ވާ ބުރާސްފަތި ދުވަހުގެ 13:00 އަށް މިއިދާރާއަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައި ބައިވެރިނުވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތެއް ނޯންނާނެއެވެ. އަންދާސީހިސާބު ހުށަހަޅަންވާނީ މިއިދާރާގެ އަންދާސީހިސާބު ހުށަހަޅާ ފޯމުންނެވެ. އަންދާސީހިސާބު އޮންނަންވާނީ ބަންދުކޮށްފައިވާ ސިޓީއުރައެއްގައެވެ. އަދި ސިޓީއުރައިގެ ބޭރުގައި ހުށަހަޅާ އަންދާސީހިސާބުގެ ނަމާއި އަންދާސީހިސާބު ހުށަހަޅާ ފަރާތުގެ މަޢުލޫމާތު އޮންނަންވާނެއެވެ. މިނޫންގޮތަށް ހުށަހަޅާ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ މިފުރުޞަތުގައި ދެންނެވީމެވެ.
މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
06 ރަބީޢުލްއާޚިރު 1436